ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ޔޫރަޕުގެ ގައުމުތަކުގެ މައްޗަށް 50 އިންސައްތައިގެ ޑިއުޓީއެއް ކަނޑައަޅާފާނެ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކުގެ މައްޗަށް 50 އިންސައްތައިގެ ޑިއުޓީއެއް ކަނޑައަޅާފާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވައިފިއެވެ.

ނޫސްތަކުން ބުނާގޮތުން ޓްރަމްޕު އީޔޫގެ ގައުމުތަކަށް ދިން އިންޒާރުތަކުގެ ސަބަބުން އެމެރިކާގެ ސްޓޮކް މާކެޓަށް ބޮޑެތި ލޮޅުންތަކެއް އައިސްފައިވެއެވެ. އަދި ކަން ދިމާވާ ގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުތަކުގެ މައްޗަށް 50 އިންސައްތައިގެ ޑިއުޓީއެއް ކަނޑައެޅިގެންދިއުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

ސްޓޮކް މާކެޓުތައް ހުޅުވުމުގެ ކުރިން ޓްރަމްޕުވަނީ އޭނާގެ ސޯޝަލްމީޑިއާ ޕްލެޓްފޯމް ޓްރުތް ސޯޝަލް މެދުވެރިކޮށް އާންމުކުރެއްވި ޕޯސްޓެއްގައި އީޔޫ ދެމެދު މަޝްވަރާތައް ކޮޅެއްގައި ޖެހިފައިނުވާކަން ހާމަކޮށްފައެވެ. އަދި ކުރިއަށް އޮތް ޖޫން މަސް ފެށޭ ހިސާބުން 50 އިންސައްތައިގެ ޑިއުޓީއެއް ތަންފީޒުކުރަން ފެށުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ޔޫރަޕުގެ ސްޓޮކް މާކެޓަށް ލޮޅުންތައް އައިސްފައިވާއިރު މިއީ އެއްބަސްވުމަކާއި ހިސާބަށް ވާސިލުވުމުގެ ގޮތުން ގެންގުޅުއްވާ އުކުޅެއްކަން ނުވަތަ ނޫންކަންވެސް ޔަގީން ނުވާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެޕަލް ފަދަ ބޮޑެތި ކުންފުނިތަކުގެ ސްޓޮކްތަކުގެ އަގުވެސް 3 އިންސައްތަ ދަށަށް ގޮސްފައިވާއިރު އެކަން ދިމާވީ އެމެރިކާއަށް އެތަކެތީގެ ޕްރޮޑަކްޝަން ބަދަލުކުރުމަށް ބާރު އަޅަމުންދާކަމަށް ޓްރަމްޕު ވިދާޅުމުގެ ސަބަބުންކަން ފާހަގަކުރެވެއެވެ. ޓްރަމްޕު ވިދާޅުވީ، އެކަން ނުކޮށްފި ހާލަތެއްގައި އެޕަލްއިން އެމެރިކާއަށް 25 އިންސައްތައިގެ ޑިއުޓީއެއް ދައްކަންޖެހޭނެކަމަށެވެ.  ނަމަވެސް ފަހުން ޓްރަމްޕުވަނީ ބޭރު ގައުމުތަކުގައި އުފައްދާ ހުރިހާ މޯބައިލް ފޯނުތަކެއްގެ މައްޗަށް ޑިއުޓީ ކަނޑައެޅިފައިވާކަން ހާމަކޮށްފައެވެ.

އިގްތިސާދީގޮތުން ޓްރަމްޕު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތަށްވެސް ޓްރަމްޕު ފާޑުވިދާޅުވަމުންދާކަމަށް ނޫސްތަކުން ބުނެއެވެ. އެގޮތުން ވޯލްމާޓުން ޗައިނާއާއިއެކު ޓެރިފްތައް ބަލައިގަނެގެން ތިބުން ރަނގަޅުކަމަށް ދޭހަވާ މޭރުމަކުން އެ ކުންފުންޏަށް ފާޑުކިޔާފައިވާއިރު އެއީ އެ ކުންފުނިން ހަރަދުތައް ކަވަރުކުރުމުގެ ގޮތުން އަގު އުފުއްލާނެކަމުގެ އިޝާރާތްތަކެއް ކުރުމާއި ގުޅިގެން ދެއްކެވި ވާހަކަތަކެއް ކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: