ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގު ކުށްތަކާއި ގުޅޭ ބިލު ތަސްދީގު ކުރެއްވީ އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭންގު ކުށްތަކާއި ގުޅޭ ބިލު ތަސްދީގު ކުރެއްވީ އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގޭންގު ކުށްތަކާއި ގުޅޭ ބިލު ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަދު ފެށުނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ ގޭންގު ނުވަތަ ގްރޫޕު ހަދައިގެން ކުށްތައް ކުރުމަކީ ރާއްޖޭގެ މާހައުލުގައި އޮތް އެއް މައްސަލަ ކަމަށެވެ. އެހެންކަމުން ބިލު ތަސްދީގު ކުރެއްވީ އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު މިކަމުގައި ޝާމިލްވާ ހުރިހާ މުވައްސަސާތަކުގެ ވެރިންނަށް ޝުކުރު ދަންނަވަން، ދެއްވި އެއްބާރުލެއްވުމާއި އަދި މިކަން ތަންފީޒު ކުރުމުގައި ތިހުރިހާ މުވައްސަސާތަކުގެ ވެރިން ދެއްވަވާނެ ޔަގީންކަމާއި އެކީގައި އޮތް އެއްބާރުލެއްވުމަށް“

ރައީސް ވިދާޅުވީ މި މުޖުތަމައު އަކީ އެކުވެރި އަމާން މާހައުލެއްގައި އުޅެން އެދިވަޑައިގަންނަވާ މުޖުތަމައުއެއް ކަމަށެވެ. އާބާދީ ވަކިން ކުޑަ ގައުމެއް ކަމަށާއި އަދި މުޖުތަމައުގައި ހުރި ނުރަނގަޅު އާދަތައް އެންމެން އެކުގައި މަސައްކަތް ކުރުމުން ހައްލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މުޖުތަމައުއަކީ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި އެއްބައެއް ވަންތަ ބަޔަކުކަމުގައި ވާތީ މިފަދަ ކަންކަމުގައި އެންމެން އެކަށްޗެއް ކިޔުމަށް ރައީސް ވަނީ އިލްތިމާޒް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: