ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލި އެއާޕޯޓަށް މޯލްޑިވިއަންގެ އުދުހުންތައް ފަށައިފި

ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގައުމީ އެއާލައިންސްއިން މުލި އެއާޕޯޓަށް އުދުހުންތައް ފަށައިފިއެވެ.

މިކަމާއި ގުޅިގެން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން މައުލޫމާތު ދެމުން ބުނެފައިވަނީ، މުލިއަށް ފުރި މޯލްޑިވިއަންގެ އުޅަނދުފަހަރު ފުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 2025 މޭ 24 ވަނަ ދުވަހުގެ ހަވީރު 15:30 ގައެވެ.

އެގޮތުން، އެ ފްލައިޓް މުލިއަށް ޖެއްސުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމްބުރާ އައިސްފައިވަނީ 16:45 ގައި ކަމަށެވެ.

މި އުދުހުންތައް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިކަމަށް އެ ކުންފުނިން ބުނި އެވެ.

މުލީގެ އެއާޕޯޓަކީ މ. އަތޮޅުގެ ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓަށްވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ 2025 މޭ 20 ވަނަ ދުވަހުގައެވެ.

މީގެއިތުރުން، މުލީގެ އެއާޕޯޓު ހިންގުމަށް ހަވާލުކޮށްފައިވަނީ، ރީޖަނަލް އެއާޕޯޓްސް ކުންފުނިއަށެވެ. އެގޮތުން، މުލީގެ އެއާޕޯޓަކީ 1200 މީޓަރުގެ ދިގުމިން އަދި 30 މީޓަރުގެ ފުޅާމިން ހުންނަ ރަންވޭއަކަށްވާއިރު، މި އެއާޕޯޓްގައި މަތިންދާބޯޓް ޓެކްސީކުރުމުގެ ޖާގައާއި ފްލައިޓް ޕާކު ކުރުމަށް ތަނަވަސް ޖާގައެއް ފަހިކޮށްދިނުމުގެ ގޮތުން އޭޕްރަން އެއްވެސް ވަނީ ގައީމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: