ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކު ނޫނީ ބަޔަކު އިސްތިސްނާ ކުރުމެއް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ކުރިން ނުކުޅެދިފައިވަނީ އެކަމަށް ޕޮލިޓިކަލް ވިލް ނެތުމުންކަަމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާކަަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ނޫސްވެރިއެއްގެ ސުވާލަކާށް ޖަވާބުދެއްވަމުންނެވެ.

ބިލު ތަޞްދީޤުކުރެއްވުމަށްފަހު، ބިލާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ހައްސާސް މައްސަލަތައް ހައްލުކުރުމަށް އެންމެހާ ރައްޔިތުންގެ ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި، މިއަދު ތަޞްދީޤުކުރެވިގެންދިޔަ ބިލުން، ރައްޔިތުންގެ އެއްބާރުލުމާއެކު، ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ބިލެއްގެ އަމާޒަކީ ބަޔަކު ކުށްވެރިކުރުން ނޫންކަމަށާއި، ކުށުގެ ވެށިން ރައްޔިތުން ސަލާމަތްކުރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގޭންގާއި ގޭންގްކުށްތަކުގެ މައްސަލަތައް ޙައްލުކުރެވިފައިނުވަނީ އެކަމަށް ޕޮލިޓިކަލް ވިލް ނެތި، އަމިއްލަ މަސްލަޙަތު އިސްކުރުމުން ކަމަށެވެ. ނަމަވެސް، މިދައުރުގައި އެފަދަ މައްސަލަތަކަށް އެދެވޭ ފިޔަވަޅުތަކެއް އެޅި، ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކޮށް، ވަކި ފަރާތެއް އިސްތިސްނާނުވާ ގޮތަށް، ޙަޤީޤީ މާނައިގައި ޤައުމުގައި ހުރި މިފަދަ މައްސަލަތަކަށް ހައްލު ހޯދެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދިި، މިފަދަ މައްސަލަތަކަށް ދާއިމީ، ވަށާޖެހޭ ޙައްލުތައް ހޯދުމަށް، އެމަނިކުފާނަށް ބޭނުންފުޅުވަނީ ރައްޔިތުންގެ އެއްބާރުލުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން، އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް، ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު، ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛު އާދަމް މުޙައްމަދު، އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުޞްޠަފާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބިލުގައި، ގޭންގާއި ގޭންގުކުށް، ކޯޓު މެދުވެރިކޮށް ކަނޑައަޅައި، ފައިސާ ޚަރަދުކުރާ ފަރާތްތައް ހުއްޓުވައި، އެފަދަ ފަރާތްތަކުގެ މުދާ ދައުލަތަށް ނަގައި، ކުޑަކުދިން ގޭންގްތަކާ ގުޅުމާއި، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައި، ކުށްކުރާ މީހުން މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް މާއްދާތަކެއް ހިމަނާފައިވެއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. ހަމަ މިއާއެކު މި ޤާނޫނަށް ޢަމަލުކުރަންވެސް ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: