އަޟްޙާ ޢީދުގެ އުފަލުގައި ޣައްޒާގެ ރައްޔިތުން ބައިވެރި ކުރުމަށާއި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމާއި ބަނޑުހައި ހޫނުކަމުގައި، އެ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީތެރިވުމުގެ ގޮތުން މި ފަހަރު އިސްރާ އެސޯސިއޭޝަނުން ”މި ފަހަރުގެ އުޟްޙިޔާ ޣައްޒާއަށް“ ނަމުގައި މަޝްރޫޢުއެއް ފަށައިފި އެވެ.
މި މަޝްރޫޢު އަމާޒު ކުރެވިފައި ވަނީ ނިކަމެތި ކުރެވިފައިވާ ޣައްޒާގެ ލޮބުވެތި ރައްޔިތުންނަށެވެ. އެގޮތުން ހުވަފަތް ވެފައިވާ އަންހެނުންނާއި ބަލަދުވެރިން ނެތް އާއިލާތަކާއި ބަލިމީހުންނާއި އުމުރުން ދުވަސްވީ މީހުން ފަދަ އެންމެ ބޮޑަށް ޙާޖަތު ޖެހިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
އިސްރާ އެސޯސިއޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގައި އުޟްޙިޔާގެ ގޮތުގައި ކަތިލުމަށް ނިންމާފައިވަނީ 300 – 350 ކިލޯގްރާމްގެ ގެރިއެވެ. އެގޮތުން ގެރިއެއްގެ އަގަކީ 26،810ރ (ސައްބީސް ހާސް އަށްސަތޭކަ ދިހަ ރުފިޔާ) އެވެ.
އުޟްޙިޔާގެ ގޮތުގައި ބަކަރީގެ ބަދަލުގައި ގެރި ކަތިލުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި، ބަކަރީގެ އަގު ގެރިއެއްގެ ހިއްސާއަކަށް ޖެހޭ އަގަށް ވުރެން ބޮޑުވާތީ ކަމުގައި އެ ޖަމްޢިއްޔާއިން ފާހަގަ ކުރެއެވެ. އެގޮތުން ގެރިއެއްގައި 7 މީހުންނަށް ހިއްސާ ވެވޭނެއެވެ. ޙިއްސާއެއްގެ އަގަކީ 3،830ރ (ތިންހާސް އަށްސަތޭކަ ތިރީސް ރުފިޔާ) އެވެ.
ހިއްސާއެއްގެ މަހުން ގާތްގަނޑަކަށް 70 ގެރިމަސްދަޅު ހެދޭނެއެވެ.
މިޞްރުގައި އުޟްޙިޔާ ކަތިލައި ކެއުމަށް ތައްޔާރުކޮށް ދިގު މުއްދަތަކަށް ރައްކާ ކުރެވޭނެ ގޮތް ހަދައި ދަޅުގައި ބަންދުކޮށް ޣައްޒާއަށް އެތެރެ ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. ކޮންމެ ދަޅެއްގައި 500 – 800 ގްރާމާ ހަމައަށް މަސް ހުންނާނެއެވެ. މި ގޮތަށް ދަޅުގައި ބަންދު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޣައްޒާއަށް ވެއްދޭނެ ދުވަހެއް ސީދާ ނޭނގޭތީއާއި ވެއްދުމާއި ދެމެދު ދުވަސްތަކެއް ވީ ކަމުގައި ވިޔަސް ހަލާކު ނުވެ ގިނަދުވަހަށް ރައްކާތެރިކަމާއެކު ބެހެއްޓުމަށް ކަމުގައި އެ ޖަމްޢިއްޔާއިން މަޢުލުމާތުދެއެވެ.
އިސްރާ އެސޯސިއޭޝަން މެދުވެރިކޮށް ކަތިލެވޭ އުޟްޙިޔާ ތަކުގެ ފޮޓޯއާއި ވީޑިއޯ އެ ޖަމްޢިއްޔާގެ ސޯޝަލް މީޑިއާގެ މަންސަ ތަކުގައި ހިއްސާ ކުރެވޭނެއެވެ.
އުޟްޙިޔާ ކަތިލުމަށް ބޭނުންވާ ފަރާތްތަކުން 1 ޖޫން 2025 ވުމުގެ ކުރިން ފައިސާ ދެއްކެވުން އެދެމެވެ. މިކަމަށް އެދި ފައިސާ ދައްކާނީ ތިރީގައިވާ، އިސްރާ އެސޯސިއޭޝަނުގެ އެކައުންޓު ނަމްބަރަށެވެ. ފައިސާ ޖަމާ ކުރެއްވުމަށް ފަހު ސްލިޕް ވައިބާ ކޮށްލުމަށް ވެސް އެ ޖަމްޢިއްޔާއިން އެދިލައްވައެވެ.
ގެރިއެއްގެ އަގު: 26،810ރ (ސައްބީސް ހާސް އަށްސަތޭކަ ދިހަ ރުފިޔާ) އެވެ.
ގެރިއެއްގެ ޙިއްސާއެއްގެ އަގު: 3،830ރ (ތިންހާސް އަށްސަތޭކަ ތިރީސް ރުފިޔާ) އެވެ.
ISRA ASSOCIATION
MVR 7770000182716
ސްލިޕް ވައިބާ ކުރައްވާ! 9466697

