ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިން ހިމެނޭ ގޮތަށް ތިން ދައުވާއެއް!

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޝަމްއާންގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވާފައި ވަނީ، އޭނާއާ ބައިވެރިވާ އިމިގްރޭޝަން މުވައްޒަފުންތަކެއް ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަތުން، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެ ޢަމަލުތަކުން މާލީ މަންފާ ހޯދައި އެ ފައިސާ އަތުގައި ބަހައްޓައި އޭގެއިން މުޢާމަލާތްކޮށް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައައިގަ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނީ ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ތިން އަހަރުގެ ހުކުމަކާއި، އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާ ވެސް އުފުލާފައިވާއިރު އެއީ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާ އެކެވެ. އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ އަދަބު ކަނޑައެޅޭ ފަދަ ދައުވާ އެކެވެ.

މި މައްސަލައިގައި ވަނީ މަނީ ލޯންޑްރިންގެ ދައުވާގައި ޝަމްއާން ލޯންޑާރ ކުރިކަމުގެ ތުހުމަތުވާ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. އަދި ޝަމްއާންގެ އަތުގައި ބެހެއްޓިކަމަށް ބުނާ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެއިތުރުން ބިދޭސީ މީހާގެ އަތުން ނެގި ފައިސާގެ ބަދަލު ނަގައިދޭން ވެސް އެދިފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: