ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސަސައިޒް ”ބެލްކް މާލިން“ ސިލްސިލާގެ 5 ވަނަ އެޑިޝަން ކާމިޔާބުކަމާއި އެކު ނިންމާލައިފި

ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި އަސްކަރިއްޔާ (އެމްއެންޑީއެފް) އާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދާ އެކްސަސައިޒް ”ބްލެކް މާލިން“ ސިލްސިލާގެ 5 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ފެށުނު މި އެކްސަސައިޒް ނިންމާލުމުގެ ރަސްމިއްޔާތު ބޭއްވީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއާޓަރޒް، ލ. ކައްދޫގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމް އެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މޭ 26 ގެ ނިޔަލަށް ކުރިއަށްގެންދެވުނު މި އެކްސަސައިޒްގެ ހަރަކާތްތައް ބެހިގެންދިޔައީ މާލެ އާއި ލ. އަތޮޅުގައެވެ. އެގޮތުން މާލޭގައި ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް ކުރިއަށްގެންދެވުނު އިރު، އިންފެންޓްރީ ފެކޭޖް ކުރިއަށްގެންދެވުނީ ލ. އަތޮޅުގައެވެ.

މި އެކްސަސައިޒްގައި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން ސިފައިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ޔުނިޓް، ސަރވިސް ކޯރ، ޑިފެންސް އިންޓެލިޖެންސް ސަރވިސް، މެޑިކަލް ސަރވިސް، މެރިން ކޯރ އަދި ސްޕެޝަލް ފޯސަސްގެ ސިފައިން ހިމެނެއެވެ. އަދި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ ސިފައިންނެވެ.

މިއީ ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެއް ކަމަށްވާއިރު، މިފަދަ އެކްސަސައިޒްތަކަކީ ދިވެހި އަސްކަރިއްޔާގެ ސިފައިންނަށް އިތުރު ތަޖުރިބާއާއި ތަމްރީނު ލިބުމަށް މަގުފަހިވެގެންދާ މުހިންމު ހަރަކާތްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: