ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ނެތީ ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮންނަ ގޮތަކުން ނޫން: ސައްތާރު

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ގެއްލެނީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލައިފައިވާ ގޮތުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ސައްތާރު ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަން ކުރަންޖެހޭ ކަމަށް އަދި ޝަރުއީ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތައް ކަމަށްވާ އަދުލު އިންސާފު ގާއިމު ކުރުމުގެ ހިދުމަތް ރައްޔިތުން ގަބޫލު ކުރާ ފެންވަރުގައި ނުވަތަ ރައްޔިތުން ގަބޫލު ކުރާ އަވަސް މިނުގައި ދޭން ޖެހޭ ކަމަށް ވަކާލާތު ކުރައްވަމުން އައީ ބޮޑަށް ރާއްޖޭގައި އޮތް މިނިވަން ބަހުސް ހިގަނމުން ދިޔަ ދުވަސްވަރު ކަމަށެވެ.

ސައްތާރު ވިދާޅުވީ މާޒީއަށް ޖެހެންޖެހޭ ސަބަބަކީ މިދިޔަ 17 އަހަރު ދުވަސްތެރޭގައި ރައްޔިތުންގެ އިތުބާރު ނެތޭބުނެ ސުވާލު އުފައްދާތީ އާއި އަދި ޝަރުއީ ދާއިރާއާއި މެދު ކަންބޮޑުވުންތަކެއް ހުރުމުގެ ވާހަކަވެސް އައުމުގެ ސަބަބުން ކަމަށެވެ.

”2008 ހިސާބަށް އައިއިރުގައި ގާނޫނީ ގޮތުން އިދާރީ ގޮތުން އެހާ ބޮޑަށް މިނިވަން ވެފައެއް ނެތޭ ބުނެވިދާނެ. އެހެންނަމަވެސް ޕްރެކްޓިސް ކުރަމުން އައި ނިޒާމެއް އޭރުގައިވެސް. ރައީސުލްޖުމްހޫރިއްޔާ ޝަރުއީ ދާއިރާގެ ފަހު ބަސް ބުނަނީ. އޭރުގައި ދެއްކެވި ވާހަކަތަކަކީ ނޫ ގާނޫނުއަސާސީ އޮތް އިރު މިއޮތީ ތިން ބާރު އެއްވެފައޭ، މިއީ ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައި ޕްރެކްޓިސް ކުރާ ގޮތެއް ނޫނޭ. ރައްޔިތުން ގަބޫލު ކުރާ ގޮތެއް ނޫނޭ. މި ނިޒާމުގެ އެންމެ ރަނގަޅު ގޮތަކީ ތިން ބާރު ވަކިކުރުމޭ. މި ވާހަކަތައް ދައްކައިގެން އައިސް ގާނޫނުއަސާސީގައި އެހެން ލިޔެގެން އެގޮތަށް އައީ“

މެމްބަރު ވިދަޅުވީ ފަނޑިޔާރުން ކުރާ ހުކުމަކާއި ގުޅިގެން ނުވަތަ ހުކުމަށް ވާސިލު ވުމަށް ކޮށި މަގައި ގުޅިގެން ނުވަތަ ދެއްވި ރައުޔާ ގުޅިގެން އެއްވެސް ތަނެއްގައި ފަނޑިޔާރަކާއި ދެކޮޅަށް ފިޔަވަޅެއްވެސް ނޭޅޭނެ ކަމަށާއި މިކަހަލަ ބައިވަރު ކަންކަން ހުރި ކަމަށެވެ. ގާނޫގޮތުން ތިން މަރުހަލާއެއް އޮތް ކަން ރައްޔިތުންނަށް ކަށަވަރުކޮށްދީ، ނުވަތަ އެއް ކޯޓަކުން ގޯސްކޮށް ކަމެއް ނިންމައިފި ނަމަ އަނެއް ކޯޓަށް މައްސަލަ ހުޅައެޅުމުގެ ފުރުސަތު އޮތް ކަމާއި އެފަދަ އިޖުރާއަތުތައް ފުރިހަމަ ވެގެން އައީ ދެހި ގާނޫނުއަސާސީގެ ދަށުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

އޭރު ގާނޫނުއަސާސީއަށް ގެނެވުނު ބަދަލަކީ ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން ނުވަތަ ޖޭއެސްސީ އެކުލަވާލުން ކަމަށް މެމްބަރު ވިދާޅުވިއެވެ. ގާނޫނުއަސާސީން ފަނޑިޔާރުން ވަކިކުރެވެނީ މަޖިލީހަށް ކަމުގައި ވީނަމަވެސް ވަކި ކުރުމާއި ހަމައަށް ހުރިހާ ކަމެއްވެސް އޮންނަނީ ޖޭއެސްސީގެ ދަށުން ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

މިހާރު ދައްކާ ވާހަކައަކީ ޖޭއެސްސީ މިނަވަން ނޫން ކަމުގެ ވާހަކަ ކަމަށާއި، އެހެންނަމެސް ކޮމިޝަނުގެ ފޯމޭޝަން ރަނގަޅު ކަމަށާއި މައްސަލައަކީ އޭގައި ތިއްބަވާ މެމްބަރުން އަމަލު ކުރައްވާ ގޮތް ކަމަށާއި މިފަދަ ގޮތް ގޮތަށް ވަކާލާތު ކުރައްވާ ބޭފުޅުން އުޅުއްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: