ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އާއި ހޮންގްކޮންގް އާ ދެމެދު ”ޑަބަލް ޓެކްސް އެވޮއިޑަންސް“ އެގްރިމަންޓެއް!

ދިވެހިރާއްޖެ އާއި ހޮންގްކޮންގް އާ ދެމެދު އެކުލަވާލާފައިވާ "ޑަބަލް ޓެކްސް އެވޮއިޑެންސް" (
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އާއި ހޮންގްކޮންގް އާ ދެމެދު އެކުލަވާލާފައިވާ ”ޑަބަލް ޓެކްސް އެވޮއިޑެންސް“ (ޑީ.ޓީ.އޭ) އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމަކީ ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެސް، ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން ޓެކްސްއަށް މަކަރުހެދުމުގެ ދޮރުތައް ބަންދުކުރުމުގެ މަޤްސަދުގައި ވެވޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ހަސަން ޒަރީރެވެ. އަދި ހޮންގްކޮންގް ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހޮންގްކޮންގްގެ އިންލެންޑް ރެވެނިއު ޑިޕާޓުމެންޓުގެ ކޮމިޝަނަރ ޗެން ޒި ވައި ބެންޖަމިނެވެ.

މީގެ އިތުރުން، މި އެއްބަސް އެކުލަވާލުމާއެކު މި ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވި، ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމަށްވެސް މަގު ފަހިވެގެންދާނެއެވެ.

2016 ވަނަ އަހަރު ރާއްޖެއިން ވަނީ އިންޑިއާ އާ ދެމެދު ލިމިޓެޑް ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރިމަންޓެއްގައި ސޮއިކޮށްފައެވެ. އަދި 2017 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރިމަންޓެއްގައި  ސޮއިކޮށްފައިވާއިރު، 2021 ވަނަ އަހަރު ބަންގްލަދޭޝް އަދި 2024 ވަނަ އަހަރު މެލޭޝިޔާ އާ ދެމެދުވެސް ވަނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަކީ ރާއްޖޭގެ ޓެކްސް ނިޒާމް ވަރުގަދަކޮށް، ދެފުށް ފެންނަ ޓެކްސްނިޒާމެއް އެކުލަވާލުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި މީރާއިން ކުރަމުން އަންނަ މަސައްކަތައް ލިބުނު ކުރިއެރުމެއްކަމަށް މީރާއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: