ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގެ އެނދުގެ އަދަދު 510 އަށް އިތުރުވެއްޖެ

މަލްޓި-ސްޕެޝަލް ވިންގު ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ: ަރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި އިތުރުކުރެވުނީ 130 އެނދު ކަމަށާއި، ނަމަވެސް ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި 194 އެނދު އިތުރުކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މަލްޓި-ސްޕެޝަލް ވިންގު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ފާހަގަކުރެއްވި ގޮތުގައި، 1995 ގައި ހޮސްޕިޓަލް ހުޅުވުނުއިރު މާލޭގެ އާބާދީގައި 62,000 މީހުން ތިބިއިރު، މިހާރު މާލެ ސަރަހައްދުގެ އާބާދީ ވަނީ 212,000 އަށް އިތުރުވެފައެވެ. އޭރު ހޮސްޕިޓަލުގައި ހުރީ 186 އެނދު ކަމަށާއި، 2023 ވަނަ އަހަރާ ހަމައަށް އައިއިރު ދަރުމަވަންތަ އަދި އައިޖީއެމްއެޗް އެއްކޮށް 310 އެނދު ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ސިއްހީ ދާއިރާއަށް އަހަންމިއްޔަތުކަން ދޭން ވިސްނާއިރު، ދިމާވެފައިހުރި މައްސަލަތައް ހައްލުކުރަން ވިސްނާއިރު ފާއިތުވެދިޔަ 30 އަކަށް އަހަރުގެ ތެރޭގައި 130 އެނދު އިތުރުވެގެން ދިޔައިރު މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން 194 އެނދު އިތުރުކުރެވިގެން ގޮސްފައިވާކަން ފާހަގަކޮށްލަން ޖެހޭ,“ ހަލީމް ވިދާޅުވިއެވެ.

އަލަށް ހުޅުވުނު މަލްޓި-ސްޕެޝަލް ވިންގުގައި ޖެނެރަލް ވޯޑުގެ ގޮތުގައި 44 އެނދު، ހައި ޑިޕެންޑެންސީ ޔުނިޓުގެ ގޮތުގައި 15 އެނދު، 14 ޕްރައިވެޓް ރޫމް އަދި ދެ އެނދުގެ ބާން ޔުނިޓެއް ހިމެނެއެވެ. މިހާރު ހޮސްޕިޓަލުގައި 32 މަލްޓި-ސްޕެޝަލިޓީ ޚިދުމަތް ދެވޭނެ ނިޒާމު ޤާއިމުކުރެވިފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ އަހަރު އެންޑޯ ވަސްކިއުލަރ ނިއުރީ ސާޖަރީގެ ޚިދުމަތް ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކާޑިއޯ ތޮރޭސިކް ސާޖަރީ (ބައިޕާސް) ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ހަލީމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: