ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވާދަކުރާ ދެ ޓީމުގެ ކުޅުންތެރިންނާ އެކު، މެޗު ފަށަން ދަނޑަށް އަރާ ޕްލެޔާ މެސްކޮޓުންގެ ތެރޭގައި ހިމެނޭނެ ދިވެހި ނަސީބުވެރިޔާ ހޮވައިފިއެވެ.
މި ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ ސާޢާދު އިބްރާހިމް، އަސްރަފީގެ/ ހއ. އުތީމު އެވެ. ޖަރުމަނުގެ މިއުނިކުގެ އެލިއަންޒް އެރީނާގައި އޮންނަ ފައިނަލް މެޗުގެ ޕްލޭޔާ މެސްކޮޓްގެ ދަށުން، ޕީއެސްޖީ އާއި އިންޓަރ މިލާންގެ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ ސާޢާދުގެ ދަރިފުޅު، ސުމައްޔާ ސަޢާދު އިބްރާހީމް އަށެވެ.
މި ޕްރޮމޯޝަނަކީ ބީއެމްއެލްގެ މާސްޓަކާޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި ސާޢާދު އާއި ސުމައްޔާއަށް ހުރިހާ ހަރަދަކާ އެކު މިއުނިކުގައި ހަތަރު ދުވަހުގެ ހުރުން ލިބޭނެ އެވެ.
މީގެ ތެރޭގައި:
- މިއުނިކް ދެކޮޅު ޓިކެޓް
- 4 ދުވަހުގެ ހުރުން
- ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް
- ޕޮކެޓް މަނީ
- ވެލްކަމް ގިފްޓް
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ 31 މޭ 2025 ވާ ހޮނހިރުދުވަހުގެ ރޭ 12:00 ގައެވެ. މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން ދަނީ ރާއްޖޭގައި މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

