ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ކަމެއްވެސް ހެޔޮ ކަމަށް ހަދައި ދޫކޮށްލުމަށްފަހު ވަޑައިގަތުމަކީ ރައީސްގެ ވިސްނުންފުޅެއްނޫން: ދީދީ

ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ކަމެއްވެސް ހެޔޮ ކަމަށް ހަދައި ދޫކޮށްލުމަށްފަހު ވަޑައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް އަދި ވިސްނުންފުޅެއްވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި މެންބަރު ދީދީ ވިދާޅުވީ ރައީސް މުއިއްޒުއަކީ ނާގާބިލް ވެރިއެކޭ ބުނެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އިސްތިއުފާއަށް ގޮވަން ފަށާފައި ވަނީ ވެރިކަމާއި އާރާއި ބަރާއި ޝައުގަތު ބޭނުންވާ މަދުބަޔަކު، އެ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް މެމްބަރު ވިދާޅުވިއެވެ. ވާނެ އެއްޗެއް ވާން ދޫކޮށްލުމަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ.

ގާނޫނުތަކާއި ގަވާއިދުތައް ހަދަނީ ބަޔަކު މީހުން ކުށަވެރި ކުރަން ނޫން ކަމަށާއި ކޮންމެ މީހަކީވެސް ރައްކާތެރިކަން ލިބިގެންވާ އާއިލާ އުފާވެރިކޮށް ދިރިއުޅެވޭނެ މީހަކަށް ވާންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އެ ގާނޫނުތަކާއި ގަވައިދުތައް ހަދަނީ ފާލުން ނެއްޓިފައިވާ މިގައުމުގެ މުސްތަގުބަލަށްޓަކައި ކަމަށް މެމްބަރު ވިދާޅުވިއެވެ.

”ކޮންމެ ކަމަކީ ވަރިހަމަ ކަމަކަށް ހަދައި ދޫކޮށްލުމަކީ ރައީސްގެ ވިސްނުންފުޅެއް ނޫން. ނިމިދިޔަ ސަރުކާރުން ޒަމާނުއްސުރެ ރާއްޖޭގެ ރާއްޖޭގެ ރައްޔިތުން ކުރަމުން އައި އެކަމަކަށް ރައްޔިތުންގެ ލޯބި ޖެހިފއިވާ މަސައްކަތް އާދެ މަސްވެރިކަމަށް ދިވެހިން ކުރި ލޯބި ނެތި މުޅި އެ ސިނާއަތު ފުނޑުފުނޑުކޮށްލީ މަރު ވަސިއްޔަތެއް ގޮތަށް، މަރު ވަސިއްޔަތެއް ގޮތަށް މަސް ކިލޯއަކަށް 25 އޭ ކިޔާ އެންމެ ލާރއެއްވެސް ނުދީ މަސްވެރި އާއިލާތައް ބިކަކޮށް އެމީހުންގެ މަސައްކަތުން އެމީހުން ފޫހިކޮށް ދޯނިފަހަރު ވެރިންނާއި ފަޅުވެރިންނާއި ދަރަނިވެރި ކުރުވާފައި“

މެމްބަރު ވިދާޅުވީ މިއަދު މި ވަނީ ހާލަތު ބަދަލުވެފައި ކަމަށާއި، މިއަދު ފެންނަނީ އެއަށް ވުރެ އުފާވެރި މަންޒަރެއް ކަމަށާއި އެއީ މަސްވެރިން މަސްކިރުމަށްފަހު އެމީހުންނަށް ލިބޭ ލާރިކޮޅު މާލަސްތަކެއް ނުވެ އެކައުންޓަށް ޖަމާވާ ކަމަށެވެ. ފިޝަރީޒް މިނިސްޓަރ ގެންދަވަނީ އެ ސިނާއަތުގެ މަސައްކަތް ކުރައްވަމުން ކަމަށާއި އެގޮތުން ދޯނިތަނުގައި ފިނިކުރާ ނިޒާމުވެސް މިހާރު ގާއިމުކުރުމުގެ މަސައްކަތް ވާނީ ފައްޓަވާފައި ކަަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: