ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ޙައްޖަށްދާން ކިއުގައި ތިބި އެންމެންނަށް ވެސް ފުރުސަތު ލިބޭ: މިނިސްޓްރީ

ޙައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ޙައްޖަށް ދިއުމަށް ޓަކައި، ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގައި ތިބި ހުރިހާ މީހުންނަށް ވެސް ޙައްޖަށްދިއުމުގެ ފުރުސަތު ލިބޭނެކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ކަން މި ގޮތަށް އިންތިޒާމްކުރެވޭނެކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މީގެ ކުރީން ވަނީ ހާމަކުރައްވައިފައެވެ. އަދި ކޮންމެ އަހަރަކު ވެސް ކޯޓާ ބޭނުންކުރާ ގޮތުގެ ތަފުސީލު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.

މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހަމަޖެހިފައިވާ އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅުކުރުމަށް ވުޒާރާއާއި ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް ”މައްކާ ރޫޓު އިނީޝިއޭޓިވް“ގެ ދަށުން ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެހި، ޙައްޖުގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ އަހަރެކެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޙައްޖުގެ އިންތިޒާމްތައް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ އިރު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމަކީ އެ މަނިކުފާނުގެ ޒަޢާމަތުގައި، ޚާއްޞަކޮށް ޙައްޖާ ބެހޭ ކަންތައްތަކުގައި، ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ތާރީޚީ ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: