ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާ ސިފައިންނާ ގުޅިގެން ބޭއްވި ”ބްލެކް މަރލިން“ ކާމިޔާބުކަމާއެކު ނިންމާލައިފި

އެމެރިކާ އަސްކަރިއްޔާއާއި އެމްއެންޑީއެފުން ގުޅިގެން ހިންގި އެކްސަސައިޒް "ބްލެކް މަރލިން"
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާ އަސްކަރިއްޔާއާއި އެމްއެންޑީއެފުން ގުޅިގެން ހިންގި އެކްސަސައިޒް ”ބްލެކް މަރލިން“، ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މިކަމަށް ޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ލ.ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ.

އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދިޔަ މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ މޭ 4އިން 26ވަނަ ދުވަހުގެ ނިޔަލަށް، މާލެއާއި ލ .އަތޮޅުގައެވެ. އެގޮތުން މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމެވެ. އަދި އިންފެންޓްރީ ޕެކޭޖް ކުރިއަށް ގެންގޮސްފައިވަނީ ލ.އަތޮޅުގައެވެ.

މި ތަމްރީނުތަކުގައި، އެމްއެންޑީއެފް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ޔުނިޓް (އީއޯޑީ)އާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ އިތުރުން އެމްއެންޑީއެފް ޑިފެންސް އިންޓެލިޖެންސް ސަރވިސް (ޑީއައިއެސް) އާއި އެމްއެންޑީއެފް މެޑިކަލް ސަރވިސްއާއި، އެމްއެންޑީއެފް މެރިން ކޯރ އަދި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް (އެސްއެފް)ގެ ސިފައިން ބައިވެރިވިއެވެ. އެމްއެންޑީއެފްގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާކޮށް ބާއްވަމުންދާ މި މި ތަމްރީނުގައި، މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމެރިކާ އަސްކަރިއްޔާގެ ސިފައިންނެވެ.

އެކްސަސައިޒް ”ބްލެކް މަރލިން“ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމްގެ އިތުރުން އެކްސަސައިޒުގައި ހަރަކާތްތެރިވި މުދައްރިބުން ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: