ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލޭގެ ތުރީޑީ މޮޑެލްއެއް ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މި މާސްޓަރ ޕްލޭން ލޯންޗުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މާސްޓަރ ޕްލޭނަށް ބަދަލުގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި ގޮތުގައި، މި މާސްޓަރ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.

މި މާސްޓަރ ޕްލޭނާ ގުޅޭ އެންމެހާ މައުލޫމާތު ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެއެވެ.

މީގެއިތުރުން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް މާސްޓަރ ޕްލޭން ލޯންޗުކުރުމާއެކު ވަނީ ހުޅުވާލެވިފައެވެ. ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖޫން 2025 އެވެ. މާސްޓަރ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށްފަހުއެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއިއެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: