ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރބައިޖާންގެ މިނިވަންދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ހަލީލް ތަހުނިޔާ ފޮނުއްވައިފި

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޙަލީލް، އަޒަރބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޖޭހުން ބޭރަމޮވް އަށް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ. 2025 ވަނަ އަހަރަކީ އަޒަރބައިޖާންގެ މިނިވަންކަމަށް 107 އަހަރު ފުރޭ އަހަރެވެ.

މިނިސްޓަރު ޙަލީލްގެ ސިޓީފުޅުގައި، މި އުފާވެރި މުނާސަބަތުގައި އަޒަރބައިޖާންގެ ޚާރިޖީ ވަޒީރަށާއި، އެ ޤައުމުގެ ސަރުކާރަށް އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަމިއްލަ ނަންފުޅުގައި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

އަދި ހަމަ މިއާއެކު، ދެ ޤައުމުގެ ދެމެދުގައި ދުވަހެއް ދުވަހަކަށް ބަދަހިވަމުން އަންނަ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގާތުން މަސައްކަތްކުރައްވާނެ ކަމުގެ އުއްމީދު ފާޅުކުރައްވާފައިވެއެވެ.

އަޒަރބައިޖާންގެ މިނިވަންދުވަސް ފާހަގަކުރާ މޭ 28 އަކީ އެ ޤައުމުގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެކެވެ. ދިވެހިރާއްޖެއާއި އަޒަރބައިޖާންގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވިފައިވަނީ 1994 ވަނަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހުއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދެމިގެންދާ ރަޙްމަތްތެރިކަމުގެ ގުޅުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: