ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުންވެސް ނިންމީ ކެމިކަލް ގުދަނުގެ އަލިފާނުގެ ހާދިސާއަކީ އިހުމާލެއް ކަމަށް!

އަބަދަށްފެހި މަގުގައި ހިންގި އަލިފާނުގެ ބޮޑު ހަދިސާގެ ތެރެއިން - އަހުމަދު ޝުރާއު | ވީފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރު ރާއްޖެގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ގެއްލުމެއް ގިނަބަޔަކަށް ލިބުނު އަލިފާނުގެ ޙާދިސާގައި އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އިހުމާލު ހިމެނޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ޙުކުމްކޮށްފިއެވެ.

މި ޙާދިސާގައި ހ.ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވިއިރު އެހިސާބުގައި ހުރި ގެތަކަށާއި ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ބައެއް އިމާރާތްތައް އެއްކޮށް އަނދައި ހުލިވިއިރު، 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ. މިހާދިސާގައި މީހެއްގެ ފުރާނަވެސް ގެއްލިފައިވެއެވެ.

މި މައްސަލައިގައި ގްރީން ޕާތު ކުންފުންޏާ ދެކޮޅަށް ތިން އާއިލާއެއްގެ ފަރާތުން ސިވިލް ކޯޓުގައި އިހުމާލުގެ ދައުވާ އުފުލިއިރު، ސިވިލް ކޯޓުން ވަނީ އެ ދައުވާތައް ސާބިތުވާކަމަށް ނިންމާފައެވެ. އެހެންކަމުން ކުންފުނީގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް މި ވަނީ އެ ނިންމުން ދަމަހައްޓާފައެވެ.

ހައި ކޯޓުން ކުރި ހުކުމްގައި ބުނީ ގްރީން ޕާތު ކުންފުނީގެ މައްޗަށް އަވަށްޓެރިންގެ މައްޗަށް ގާނޫނީ ޒިންމާއެއް އޮތް ކަމާ މެދު ޝައްކެއް ނެތް ކަމަށާއި އެ ޒިންމާއާ ކުންފުނީގެ ފަރާތުން ހިލާފުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ މިންވަރަށް ދައުވާ ކުރާ ފަރާތްތަކުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މި އަލިފާނުގެ ޙާދިސާއަށް އަހަރުތަކެއް ވެގެންދިޔައިރު، އަދިވެސް ގެއްލުމުން އަރައިގަނެވިފައެއް ނުވެއެވެ. ގިނަ އާއިލާތައް ވަގުތީ ހިޔާތަކުގައި އުޅެމުންދާއިރު، އަލިފާނުގައި އެއްވެސް ވަރަކަށް ނޫޅެވޭ ވަރަށް ގެއްލުންވި އިމާރާތްތައްވެސް އެބަހުއްޓެވެ. އެގެތައް އަލުން އިމާރާތްކޮށް މީހުން ދިރިއުޅެން ފެށުމަށް އަދިވެސް އެތައް ދުވަހެއް ނަގާނެކަމަށް ބެލެވެއެވެ.

އަލިފާނުގެ ހާދިސާއަށްފަހު ރާއްޖެއަށް ކެމިކަލް އެތެރެކުރުން ވަގުތީގޮތުން ހުއްޓާވެސްލިއެވެ. އަދި އެއަށްފަހު ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް އެކުލަވާލިއެވެ. މި ގަވާއިދުގައިވާ ގޮތުން، ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދެވޭނެ ޝަރުތުތަކުގެ ތެރޭގައި، ރައްކާތެރިކަމާއެކު ގުދަންކުރެވޭނެ އިންތިޒާމު ހުރުމާއި، ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅުމުގެ އިންތިޒާމް ހަމަޖެހިފައިވުމާއި، ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނެ ގޮތަށް ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީއަކުން އިންޝުއާކޮށްފައި ހުރުމާއި، ވިޔަފާރިއަށް އެތެރެކުރާ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކެމިކަލް ގަންނަން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: