ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ސެޕްޓެމްބަރުގައި!

ހުކުރު ހުތުބާގެ ތެރެއިން: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެމްބަރ 2025 ގައިކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނެފިއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުން މިހާރު ވަނީ މި މުބާރާތުގެ ޤަވާޢިދު އާންމުކޮށްފައެވެ. އަދި މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން، މުއައްސަސާތަކާއި ބައިވެރިން ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލައި ތާރީޚު ފަހުން އިޢުލާން ކުރެވޭނެކަމަށްވެސް ޤުރުއާނާ ބެހޭ މަރުކަޒުން ފާހަގަކޮށްފައިވެއެވެ.

މި މުބާރަތް ބޭއްވުމުގެ މަޤްސަދަކީ ދިވެހިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤާރީންނާއި ހާފިޒުން އުފެއްދުމަށް ބާރު އެޅުމެވެ.

މި މުބާރާތް އިންތިޒާމު ކުރެވިފައިވަނީ 3 ބަޔަކަށެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލު ކުދިންގެ ބައިގެ އިތުރުން، މުއައްސަސާތަކުގެ ބައެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ގާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: