ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެގައި ކާނާގެ ޔަޤީންކަން ކަށަވަރުކުމަކީ މި ސަރުކާރު ގެ މައިގަނޑު އަމާޒެއް: ޑރ މާރިޔާ

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑެވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެގައި ކާނާގެ ޔަޤީންކަން ކަށަވަރުކުމަކީ މި ސަރުކާރު ގެ މައިގަނޑު އަމާޒެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު، ޑރ. މާރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވާ، ދަނޑުވެރިކަމުގައި އެބޭފުޅުންގެ ހާލަތު ބައްލަވައި، މަޝްވަރާ ކުރައްވަމުންނެވެ.

ރަސްމީދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެން، ރޭ އެރަށުގެ ދަނޑުވެރިންނާއި ވަޒީރު، ބައްދަލުކުރެއްވުމުން، ދަނޑުވެރިންވަނީ ދަނޑުވެރިކަމުގައި އެބޭފުފުޅުންނަށް ކުރިމަތިވެފައިވާ ގޮނެޖެހުންތައް ވަޒީރާއި ހިއްސާކުރައްވާފައެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ފަހަގަކުރެއްވީ ރާއްޖެގައި ކާނާގެ ޔަޤީންކަން ކަށަވަރުކުމަކީ މި ސަރުކާރު ގެ މައިގަނޑު އަމާޒެއްކަމަށެވެ. ސަބަބަކީ ކޮވިޑް ފަދަ އާލަމީ ވަބާއެއް ކުރިމަތިވިޔަސް އަހަރެމެންނަށް ކާނާ ލިބުމުގައި ދަތިނުވުންކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭނީ ދަނޑުވެރިންގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ދެމެހެއްޓެނިވި، ޒަމާނީ ދަނޑުވެރިކަމެއް ޤާއިމް ކުރެވިގެންކަމަށެވެ.

ވުޒާރާގެ ފަރާތުން ރާއްޖޭގެ ދަނޑުވެރިންނަށް ބެނުންވާ ފަންނީ ތަމްރީންތައް ފޯރުކޮށްދެމުން އަންނަކަމަށް މައުލޫމާތުދެއްވިއެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އިތުރުގެ 3 އަތޮޅެއްގައި އަމަލީ ތަމްރީންތައް ކުރިޔަށް ގެންދެއެވެ. އޭގެ އިތުރުން ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ އައު ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކާއި ދަނޑުވެރިންނަށް މާކެޓް ހޯދާނެގޮތްތައް އަންނަނީ ބުނެދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: