ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް ޝަރީހު އައްޔަންކުރައްވައިފި

އަހްމަދު ޝަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ޗެއަރމަންގެ މަގާމަށް އަހްމަދު ޝަރީހު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝަރީހު މަގާމަށް އައްޔަުން ކުރެއްވީ މިއަދު ކަމަށެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެވުމުގެ ކުރިން ޝަރީހު ވަނީ 2015 އިން 2017 ވަނ އަހަރުގެ ނިޔަލަށް ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން(އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ ކަމާމު އަދާކުރައްވައިފައެވެ. އަދި އެސްޓީއޯގެ ޕްރޮކިއުމަންޓް ފޮރިން ޓްރޭޑްގެ މަގާމައި ސީނިއާ ޖެނެރަލް މޭނަރުކަމާއި ސީއީއޯގެ މަގާމުވެސް އަދާކުރައްވައިފައިވެއެވެ.

މީގެއިތުރުން، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެނަކަ ކުންފުނީގެ ޗެއާމަންގެ މަގާމުވެސް ޝަރީހު ފުރުއްވައިފައިވެއެވެ. އެހެންނަމަވަސް، އެ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އޭނާ ވަނީ އެ މަގާމުން ވަކިކުރައްވައިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: