ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީ އިން ގްލޯބީ ނެޓްވޯކްގެ 6 ވަނަ ޕްލީނަރީ ބައްދަލުވުމުގައި ބައިވެރިވެއްޖެ

ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އޭސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގްލޯބަލް އޮޕަރޭޝަނަލް ނެޓްވޯކް އޮފް އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް އޮތޯރިޓީސް ގެ 6 ވަނަ ޕްލިނަރީ ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބައިވެރިވެއްޖެއެވެ.

20-23 މެއި 2025 ގައި އަޒަރުބައިޖާންގެ ބަކޫގައި ބޭއްވުނު މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ އދ.ގެ މަސްތުވާތަކެއްޗާއި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ އޮފީސް (ޔޫއެންއޯޑީސީ)ގެ ގްލޯބީ ނެޓްވޯކާއި ޖެނެރަލް ޕްރޮސެކިއުޓަރ އޮފީސް އޮފް އަޒަރުބައިޖާނާއި ގުޅިގެންނެވެ.

މި ބައްދަލުވުމުގެ މުހިންމު މަގުސަދުތަކަކީ އޯގަނައިޒޭޝަނަލް މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، މައުޟޫއީ މަޝްވަރާތައް ބާއްވައި، ކޮރަޕްޝަންގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ގްލޯބްއީ ނެޓްވޯކުން މެމްބަރުންނަށް އެހީތެރިވި ގޮތުގެ ތަޖުރިބާތައް ހިއްސާކުރުމާއި، އޮޕަރޭޝަނަލް ޓްރޭޑްކްރާފްޓް އަދި ނޮލެޖް ސެޝަންތައް ހުށަހެޅުމާއި، ގްލޯބްއީ ނެޓްވޯކްގެ މެމްބަރުންނާއި އޮބްޒާވަރުންނާއި އެހެނިހެން ބައިވެރިންނަށް އޮޕަރޭޝަނަލް އަދި ސްޓްރެޓެޖިކް މައްސަލަތަކާ ގުޅޭ ރަސްމީ އަދި ނުރަސްމީ ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމެވެ.

މަތީ ފެންވަރުގެ މިބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކާއި، އޮބްޒާވަރުންނާއި، ސްޓްރެޓެޖިކް ޕާޓްނަރުން ބައިވެރިވެ މަޝްވަރާ ބައްދަލުވުންތަކާ، މަޢުލޫމާތު ޙިއްސާކުރުމުގެ ސެޝަންތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މިބައްދަލުވުމުގެ ތެރެއިން އޭސީސީގެ ފަރާތުން އެކި ޤައުމުތަކާއެކު މަސައްކަތުގެ ގުޅުން ބަދަހިކުރުމަށާއި، މަޢުލޫމާތު ބަދަލުކުރުމަށް ބައިލެޓްރަލް ބައްދަލުވުންތައް ބޭއްވިފައިވެއެވެ. މިބައްދަލުވުންތަކުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުގެ ބެސްޓް ޕްރެކްޓިސް ދެނެގަތުމަށްޓަކައި މަޝްވަރާތައް ކުރިޔަށް ގެންދެވުނެވެ.

ގްލޯބީ ނެޓްވޯކްއިން ކޮންމެ އަހަރަކު ބާއްވާ މިބައްދަލުވުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުގެ މެދުގައި ސީދާ ގުޅުން ޤާއިމުކުރުމަށް މަގުފަހިވެގެން ދެއެވެ. އެގޮތުން ހަވަނަ ޕްލީނަރީ ބައްދަލުވުމުން ޤައުމުތަކުގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ޙައްލުކުރުމަށް، އެކުގައި މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރު ދޮރުތަކެއް ހުޅުވިގެން ދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: