ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ލިބިފައިވާ މީހުންގެ އަނބިން ނޫނީ ފިރިންނަށް ފްލެޓު ލިބޭނީ ގޯތި ދޫކޮށްލުމުން: މުއްތަލިބު

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާނަމަ އެމީހެއްގެ އަނބިމީހާ ނޫނީ ފިރިމީހާއަށް ގެދޮރުވެރިޔާ ސްކީމުން ފްލެތު ލިބޭނީ ގޯތި ދޫކޮށްލުމުންކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ، 15 ނޮވެމްބަރު 2023 ގައި ކުރީގެ ހައުސިންގް މިނިސްޓްރީން އިއުލާނުކޮށްފައިވާ ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ގުރުއަތަށް ދާނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައް ސައްހަ ކުރުމުގެ ގޮތުން މިނިސްޓްރީން ކުރި މަސައްކަތްތަކަށްފަހު ނެރުނު ލިސްޓާއި ގުޅިގެން ހުށައެޅިފައިވާ ޝަކުވާތަކާއި މި ސްކީމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަށް ރިއާޔަތްކޮށް ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވާފައިވާނެކަމަށެވެ.

އެހެންކަމުން މިނިސްޓްރީންވަނީ ފްލެޓު ލިބޭ ފައިނަލް ލިސްޓުގެ ގޮތުގައި ކުރީގެ ހައުސިންގް މިނިސްޓްރީން އިއުލާނުކުރި ލިސްޓުގައި ހިމެނޭ ނަންންތައް ބެލުމަށް ނިންމާފައިކަމަށެވެ. އެހެންކަމުން މި ސަރުކާރުން އިތުރު ލިސްޓެއް ނުނެރޭނެކަމަށާއި ނަމަވެސް އޭސީސީން މިކަމާއި ގުޅިގެން އަންގާފައިވާ އެންގުންތަކާއި ކަނޑައަޅާފައިވާ އުސޫލުގައިވާ ކަންކަމަށްވެސް ރިއާޔަތްކޮށް އަމަލުކުރާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ތިންވަނަ އުސޫލުގެ ދަށުން ޝަރުތު ހަމަނުވާ ފަރާތްތައް ލިސްޓުން އުނިކުރެވިގެންދާނެކަމަށެވެ. އަދި މާލޭގައި ވޭދުވެދިޔަ 15 އަހަރު އުޅެފައިވާކަން ސާބިތުކުރުމުގައި އޮތް ދަތިކަމަށް ބަލައި 2007 ވަނަ އަހަރަށްވުރެ ކުރިން މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާކަން ސާބިތުވާ ފަރާތްތަކާއި އެހެން ތަނަކަށް އަލުން ދިރިއުޅުން ބަދަލުކޮށްފައިވާކަން މިނިސްޓްރީއަށް ސާބިތުނުވާ ފަރާތްތަކަކީ މެދުނުކެނޑި ދިރިއުޅެމުން އައިސްފައިވާ މީހުންގެ ގޮތުގައި ބަލައިގަންނާނެކަމަށެވެ.

އެހެންކަމުން 2007ގެ ކުރިން މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރުމަށްފަހު ރަސްމީ ލިޔެކިއުމަކުން އެމީހަކު އެހެން ސަރަހައްދަކަށް ހިޖުރަކޮށްފައިވާކަން ފެންނަން ނެތް ހިނދު މެދު ނުކެނޑި އުޅެމުން އައިސްފައިވާކަމަށް ބަލާނެކަމަށާއި ސަބަބަކީ އެއީ މަދުން ނޫނީ ނުވާ ކަމެއްގެ ގޮތުގައި ފެނިގެންދިއުންކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޝަކުވާތަކަށް ބަލައި އެމީހަކު 26 ޖޫން 2022 ގެ 15 އަހަރު ކުރިން މާލޭގައި އުޅެމުން އައިސްފައިވާކަން ކަނޑައެޅުމަށް ފުރުސަތު އޮތްނަމަ މައުލޫމާތަށް ބަލައި އެކަން ސާބިތުކުރެވޭކަމުގެ އިތުރުން އެހެން ތަނަކަށް ގޮސްފައިވާކަން ސާބިތުނުކުރެވޭނަމަ އެއީވެސް މެދު ނުކެނޑި އުޅެމުން އައިސްފައިވާ މީހެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް މައުލޫމާތު ދެއްވިއެވެ.

އެހެންކަމުން މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންްގެ ޝަރުތު ހަމަވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށާއި ޝަރުތު ހަމަނުވާނީ ވަރަށް މަދު ބައެއްކަމަށެވެ. އެގޮތުން ރަސްމީ ލިއުމަކުން މާލެ ނޫން ސަރަހައްދެއްގައި ވޭތުވެދިޔަ 15 އަހަރު އުޅެފައިވާކަން އެނގޭ މީހުންނާއި އެ މުއްދަތުގައި ދިރިއުޅުން ބަދަލުކޮށްފައިވާކަން އެއްވެސް ގޮތަކުން އެނގެން ނެތް މީހުންގެ ޝަރުތު ހަމަނުވާނެކަމަށް އިޝާރާތްކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިގޮތުން އަމަލުކުރާއިރު ވަކި ލިއުމެއްގެ ބަދަލުގައި ހުށައަޅާ ހުރިހާ ލިޔެކިއުމަށްވެސް ބަލާނެކަމަށާއި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން އަނބިމީހާ ނޫނީ ފިރިމީހާ ފްލެޓަށް އެދިފައިވާނަމަ އެ ފަރާތެއްގެ ޝަރުތު ހަމަވިޔަސް ފްލެޓު ލިބޭނީ ގޯތި ދޫކޮށްލުމުންކަމަށްވެސް މައުލޫމާތު ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ބިންވެރިޔާ ސްކީމްވެސް ކުރިއަށް ގެންގޮސްފައިވަނީ އެ އުސޫލުންކަމަށާއި މި ސްކީމްވެސް ގެންދާނީ އެ އުސޫލުގެ ދަށުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: