ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ރަށެއްގައި ޑައިލިސިސްގެ ހިދުމަތް ފައްޓައިފި

ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤްވާމީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހަތަރު ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ.

މި މުހިންމު ޚިދުމަތް ފައްޓަވައިދެއްވާފައިވަނީ ނ. ވެލިދޫގެ ޞިއްޙީ މަރުކަޒާއި، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ. މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.

ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ހެލްތު މިނިސްޓްރީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑައިލިސިސްގެ ޚިދުމަތްދޭ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.

މީގެ ކުރިން، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ވަނީ ހއ. އިހަވަންދޫގެ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒާއި ށ. އަތޮޅު ހޮސްޕިޓަލުގައިވެސް މި ޚިދުމަތް ފަށާފައެވެ. އަދި ހަމައެހެންމެ، ނ. އަތޮޅު ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓުގައި ހުރި އެނދުތައްވެސް ވަނީ އިތުރުކޮށްފައެވެ.

މި ޚިދުމަތް ފެށުމާއެކު، ކުރިން ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ދިމާވަމުންދިޔا ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބިގެންދާނެ ކަމެއްކަމުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: