ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން ނިންމައިފި

އެފްޑީސީން އަޅަމުންދާ ފްލެޓުތައް ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު ލިސްޓަށް ފްލެޓް ދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ނަމަވެސް އެ ލިސްޓުން ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މާލޭގައި މެދުނުކެނޑި ދިރިއުޅުނުކަން ސާބިތުކުރުމަށް ލުޔެއް ގެނެވިފައިވެއެވެ. އެގޮތުން 2007 ގެ ކުރިން މާލޭގައި ދިރިއުޅުނުކަން ލިޔެކިޔުމުން އެނގޭ މީހުން، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރިކަމުގެ ހެކި ނެތްނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅުނު ބައެއްގެ ގޮތުގައި ބެލުމަށް ވަނީ ނިންމާފައެވެ.

ފްލެޓް ލިބޭ މީހުންގެ ތެރެއިން ދޮގު ލިޔުން ހުށަހެޅި ފަރާތްތަކާއި، ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ފަރާތްތަކާއި، އެހެން ސްކީމްތަކުން ބިން ލިބިފައިވާ ފަރާތްތައް އުނިކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތަށް އުނިކުރެވޭ ފަރާތްތަކުގެ ޖާގައަށް މީހުން ހޮވާނީ 75 މާކްސްއަށް ވުރެ މަތިން ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުން ހެދުމަށްފަހު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން އޮންލައިންކޮށް ހަދާފައިވާ އެއްބަސްވުންތަކަށް ރިއާޔަތް ނުކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: