ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު ބޮޑު ހުޅު: ކެމިކަލް ހުރި ގުދަނުގެ އެތެރޭގެ ހާލަތު ކުންފުންޏަށް ބުނެ ނުދެވޭ!

ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ/ ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި، ތަނުގައި ނުރައްކާތެރި ކެމިކަލްތައް ރައްކާކޮށްފައި ވަނީ ހޯދަން ޖެހޭ ހުއްދަތައް ނަގައިގެންކަމަށް ގްރީން ޕާތު ކުންފުނިން ބުނި ނަމަވެސް އެތެރޭގެ ހާލަތު މޮނީޓާކޮށްފައި ނެތްކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

ވެރިރަށް މާލެ ސިޓީގައި ހިނގި އެ އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި ހަތް ގެއެއް އެކީ އަނދާފައިވާއިރު ހާލުގައި ޖެހުނު މީހުންގެ އަދަދު 800 އާއި ގާތް ކުރެއެވެ. ގުދަނުގައި ރޯވެ ހިނގި އެ ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ އަދަދު އެހާ ބޮޑުއިރު، ހާދިސާގައި އެތައް ބައެއްގެ ދިރިއުޅުން ފަހަތަށް ސޮއްސާލި އެވެ.

މި މައްސަލައިގައި ގްރީން ޕާތު ކުންފުންޏާއި ދެކޮޅަށް ތިން އާއިލާއެއް ހުށަހަޅާފައި ވަނީ އިހުމާލުގެ ދައުވާ އެވެ. އެ މައްސަލައިގައި ޝަރީއަތް ހިންގައި ސިވިލް ކޯޓުގެ ހުކުމުގައި ވަނީ، ހާދިސާ ހިނގީ އެ ކުންފުނީގެ އިހުމާލުން ކަމަށެވެ. އެހެންވެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް ގްރީން ޕާތުން އެދުނީ ދަށު ކޯޓުގެ ނިންމުން ބާތިލުކަމަށް ކަނޑައަޅައިދިނުމަށެވެ.

ދިފާއުފައި ކުންފުނިން ވަނީ ޑިފެންސް މިނިސްޓްރީން ދީފައިވާ ހުއްދައާއި، މުއްދަތު އިތުރުކޮށްދިނުން އަދި އޭރު ގާނޫނުގައި ބަޔާން ކުރާ ގޮތްތައް ފުރިހަމަކޮށްދިންކަމަށް ބުނެފަ އެވެ. އެ ކުންފުނީގެ އެންމެ ބޮޑު ދިފާއަކީ ގާނޫނާއި ގަވައިދު ބުނާ ގޮތް ފުރިހަމަކޮށްގެން ނޫން ގޮތަކަށް، ހުއްދަ ނުލިބުމެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކުގައި ބުނެފައިވާ ގޮތުގައި، ހ. ތިލަފުށި ގޭގައި ޓިނުން ހަދާފައި ހުރި ގުދަނަކީ އެކި ބާވަތްތަކުގެ ކެމިކަލް ގިނަ އަދަދަކަށް ހުރި ތަނެކެވެ. އަދި އޭގެ ސަބަބުން އަލިފާނުގެ ހާދިސާގައި ތަނުގައި ވަރަށް ބޮޑަށް ރޯވެ، ކެމިކަލް ހުރި ތަންތައް ވިރި މުޅިތަނަށް އެ ފެތުރިގެން ދިޔަކަމަށެވެ.

މި ހާދިސާގައި ލިބުނު ގެއްލުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ޑޮކިއުމަންޓުކޮށްފައިވާކަން ވެސް މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ބުނެފައި ވަނީ އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ފެށިގެން އައީ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނުންކަމަށް ބެލެވޭކަމަށާއި، އެތަނުގެ އުތުރު ފާރުކައިރީގައި ހުރި ދަގަނޑު ރެކާއި، އެ އެ ރެކު ހިމެނޭ ސަރަހައްދުން އަލިފާން ފުރަތަމަ ރޯވިތަން އަންގައިދޭ ނުވަތަ ޕޮއިންޓް އޮފް އޮރިޖިންކަމަށް ބެލެވޭ ނިޝާން ފެންނަން ހުރިކަމަށެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކަށް ގްރީން ޕާތް ވަނީ އިންކާރުކޮށްފަ އެވެ. އަދި ދިފާއުވުމަށް ހުށަހެޅި ނުކުތާތަކުގައި ބުނީ، ނުރައްކާތެރި ކެމިކަލްއާއި ބެހޭ ގަވައިދު ވުޖޫދުކޮށްފައި ވަނީ ހާދިސާ ހިނގި ފަހުން ކަމަށެވެ. އަދި ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ގޮވާއެއްޗެހިކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި އެ ބާވަތްތަކުގެ ވިހަ ރާއްޖެއަށް ގެނައުމާއި، ގުދަން ކުރުމާއި، ގެންގުޅުމުގައި އަމަލު ކުރަން ޖެހޭ ގޮތަށް އޭގެ ކުރިން އޮތްކަމަށެވެ. އަދި ހުއްދަތައް ދޫކުރަމުން އައީ ގާނޫނުގައި ބުނާ ގޮތުގެ މަތީން، އެއް އަހަރުގެ މުއްދަތަކަށްކަމަށް ވަނީ ބުނެފަ އެވެ.

ކުންފުނިން ބުނެފައި ވަނީ އެއް އަހަރުގެ މުއްދަތު އައުކޮށް ދެނީ، ގަވައިދަށް އަމަލު ކުރަމުން ދިއުމުންކަމަށާއި ކެމިކަލް ސްޓޯރ ކުރާ ގުދަން ހަދާފައި ހުންނަން ޖެހޭ މިންގަނޑަށް ގްރީން ޕާތުން އަމަލު ނުކުރާނަމަ މުއްދަތު އިތުރުކޮށް ނުދިނީސް ކަމަށެވެ. އަދި ކުންފުނިން ބުނެފައި ވަނީ ކެމިކަލް ގުދަނެއްގައި ހުންނަން ޖެހޭ ރައްކާތެރިކަމާއި ބަލަހައްޓަން ޖެހޭ ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގެ މަތީން ފުރިހަމަކޮށްފައި ނުވާނަމަ، ޑިފެންސް މިނިސްޓްރީން ކެމިކަލް ގުދަން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

މީގެއިތުރުން މައްސަލަ ފުލުހުންގެ މުވައްސަސާއިން އަދިވެސް ތަހުގީގު ކުރަމުންދާއިރު، އެ މައްސަލަ ނިމުމުގެ ކުރިޔަށް ވަކި ފަރާތެއްގެ އިހުމާލެއް އެބައޮތްކަމަށް ނިންމައިފި ނަމަ، ތަހުގީގަށް ހުރަސްއެޅޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ހައިކޯޓުން މި ހަފްތާގައި ކުރި ހުކުމުގައި ވަނީ، ގްރީން ޕާތު ކުންފުނީގެ މައްޗަށް، އަވައްޓެރިންނާއި މެދު ޒިންމާއެއް އެތްކަމާއި މެދު ޝައްކެއް ނެތްކަމަށެވެ. އަދި އެ ޒިންމާއާއި ގްރީން ޕާތުން އިހުމާލުވިކަން ނުވަތަ ހިލާފުވިކަން ބުރަވެވޭ މިންވަރަށް ދައުވާ ކުރި ފަރާތުން ހެކި ހުށަހަޅާފައިވާކަމަށް ވެއެވެ.

ގްރީން ޕާތުގެ ކިބައިގައި އޮތް ގާނޫނީ ޒިންމާއާއި ހިލާފުވެފައިވާކަމަށް ކަނޑައަޅައި މައްސަލައިގައި ވަނީ، އެ ހިލާފުވުމުގެ ސަބަބުން ބޮޑު ގެއްލުމެއް ދައުވާ ކުރާ ފަރާތްތަކަށް ލިބިފައިވާކަމަށެވެ. އަދި ތަން ހިންގަމުން އައީ ހުއްދައިގެ ދަށުންކަމަށް އެ ކުންފުނިން ބުނަމުން ދިޔަސް ތަނުގެ އެތެރޭގެ ހާލަތު މޮނީޓަރ ނުކުރާކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

އެގޮތުން ގުދަނުގައި ކެމިކަލް ހުރިއިރު އެތަނުގައި ކަރަންޓު ހުރިތޯ ނުވަތަ ނޫންތޯ، އަދި އެގްޒޯސްޓަރ މަސައްކަތް ކުރާކަން ނުވަތަ ނޫންކަން ކުންފުންޏަށް ނޭނގޭކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ހުކުމުގައި ބުނެފައި ވަނީ ނުރައްކާތެރި ކެމިކަލް އާންމު މުޖްތަމައުއެއްގައި ގެންގުޅޭއިރު ސަމާލުކަން ދީ، ފަރުވާތެރިވާން ޖެހުނު ނަމަވެސް އެކަމަށް ކުންފުނިން އެއްވެސް ސަމާލުކަމެއް ނުދޭކަމަށެވެ.

ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ އެ ހާދިސާގައި، ކެމިކަލް ގުދަން ގޮވައި އެ ބްލޮކް އެއްކޮށް އަނދާފައި ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އަދި އެ ހާދިސާގައި މީހަކު ނިޔާވި އެވެ.

ގިނަ ބަޔަކު ހާލުގައި ޖެހުނުއިރު،  786 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އަދި ގެދޮރު ގެއްލުނު މީހުންގެ އަދަދު 400 އަށް އަރައެވެ.

އެ ހާދިސާގައި ހަ ގުދަނާއި، 14 ގެއެއް އަނދައިގެންދިޔަ އެވެ. އަދި މީހުން ދިރިނޫޅެވޭވަރަށް ހ ގެޔަކަށް އަލިފާނުގެ އަސަރު ކުރި އެވެ. އަދި އެ ސަރަހައްދުގައި ހުރި 11 ގެއެއް ވެސް ހުސްކުރަން ޖެހުނެވެ.

މި ހާދިސާ ހިނގުމަށް ފަހު، މާލޭގެ އެކި ސަރަހައްދުތަކުގައި ނުރައްވާ ގޮތަށް ކެމިކަލް ގުދަންކޮށްފައި ހުންނަ މައްސަލަ ބޮޑުވި އެވެ. އަދި އެ މައްސަލަތައް ބެލުމަށް އިންސްޕެކްޝަނެއް ފަށައި، މާލެއިން ކެމިކަލް ގުދަންތައް ބޭރު ކުރުމުގެ މަސައްކަތް އިއުލާނު ކުރި އެވެ. އެހެން ނަމަވެސް އޭގެ ފަސް އަހަރު ފަހުން އަދިވެސް ކެމިކަލްތައް ނުރައްކާތެރިކޮށް ބަންދު ކުރުމާއި، ވަގަށް ބަންދުކޮށްފައި ހުރުން ނުވަތަ ގަވައިދާއި ހިލާފުވެ އެކަންކޮށްފައި ހުރުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: