ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަން ނައިބު ރައީސް ގޮވާލައްވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

ތަޖިކިސްތާނުގެ ދުޝަންބޭގައި މިހާރު ކުރިއަށްދާ ”ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ ޕްރިޒަވޭޝަން އޮފް ގްލޭޝިއާސް“ ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ގްލޭޝިއާތައް ހަލުވިކަމާއެކު ވިރެމުންދިޔުމާއި އޭގެ ސަބަބުން ދުރުރާސްތާގައި ދިމާވާނެ ނޭދެވޭ އަސަރުތަކާމެދު ދިވެހިރާއްޖެއިން ކަންބޮޑުވާކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއިން މިއަހަރު ތިންވަނަ ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ހުށަހަޅާފައިވާކަން ފާހަގަކުރައްވައި، 2035 ވަނަ އަހަރުގެ ނިޔަލަށް 1.52 ބިލިއަން ޓަނުގެ ގޭސް ބޭރުކުރުން މަދުކުރުމާއި، 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓުގެ 33 ޕަސެންޓް އުފެއްދުމަކީ ދިވެހިރާއްޖޭގެ އަމާޒެއްކަން ހާމަކުރެއްވިއެވެ.

އަދި މޫސުމީ ދަތިތަކަށް ފައިދާހުރި ގޮތެއްގައި ކުރިމަތިލުމަށްޓަކައި ދުނިޔޭގެ އެއްބާރުލުމަކީ ހަމައެކަނި ރަމްޒީ ކަންތައްތަކެއް ނޫންކަމަށާއި، ޓްރާންސްފޯމެޓިވް އެއްބާރުލުންތަކަކަށް ހަދަންޖެހޭކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކަށް (އެސްއައިޑީއެސް) ޚާއްޞަކޮށްގެން، ބައިނަލްއަޤްވާމީ އެހީދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ގްލޭޝިއަރތައް ވިރުމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ވަނީ ވަޢުދުވެފައިކަން ކަށަވަރުކޮށްދެއްވިއެވެ. އަދި ކޮޕް30 ގެ ކުރިން ހުރިހާ ޤައުމުތަކުންވެސް އެ ޤައުމުތަކުގެ އެންޑީސީތައް އަޕްޑޭޓްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: