ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކަށް ވިހާވެސް އަވަހަށް ފަރުވާ ހޯދުމަކީ މުހިންމު ކަމެއް: ސޯޝަލް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުދިންނަށް ނަފްސާނީ މައްސަލަތައް ދިމާވާނަމަ އެކަން ވީހާވެސް އަވަހަށް ދެނެގަނެ އެކަމަށް ފަރުވާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ސޯޝަލް މިނިސްޓްރީ އަދި ބްލިސް މަލްޓި ސްޕެޝަލިޓީ ތެރެޕީ ސެންޓަރުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި މައިންބަފައިންގެ މުހިންމު ދައުރެއް އޮތް ކަމަށް ފާހަގަކޮށްފައިވެއެވެ.

ތެރެޕީ ސެންޓަރުން ފާހަގަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ކުޑަކުދިން އެހެން މީހުންނާއެކު ގުޅުންތައް ބިނާކުރަން ދަސްކުރަނީވެސް މައިންބަފައިން ދަސްކޮށްދޭ ކަންކަމުންނެވެ.

”ވަރަށް ގިނައިން ފާހަގަކުރެވޭނެ ބޮޑާ ހޭކުމުގެ ބައި އަންނަ ތަންކޮޅު. މިސާލަކަށް މިތަންކޮޅު މިއޮންނަނީ ބައެއް ހާލަތްތަކުގައި އަޅުގަނޑުމެންނަށް އާއެކޭ ބުނެފައި ބައެއް ހާލަތްތަކުގައި ނޫނެކޭ ބުނެވޭ. ގިނަ ޕޭރެންޓުން ބޭނުންވޭ ރަނގަޅު ކުރުވަން، އެކަމަކުވެސް ހާލަތު ތަންނުދޭތީވެ ބައެއް ފަހަރު ސްކްރީން ދެއްވާ، އެކަހަލަ ކަންކަން ވޭ،“ ތެރެޕީ ސެންޓަރުން ބުންޏެވެ.

ކުދިންނާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން

ކުދިންނަށް ކަންކަން ކޮށްދިނުމުގައި އެއްހަމައެއްގައި އަބަދުވެސް ކަންކަން ކޮށްދޭން ދަސްކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ތެރެޕީ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ. އަދި މައިންބަފައިން ދަރިންނާއެކު ވާހަކަދެއްކުމަށް ވަގުތު ހޭދަކޮށް، ކުއްޖާގެ ކަންކަން ދެނެގަތުމަކީވެސް މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، ކުދިންނަށް އައު އެއްޗެހި ދަސްކޮށްދިނުމާއި، ކުދިން ގޮވައިގެން ބޭރުގައި ވަގުތު ހޭދަކުރުމަކީވެސް މުހިންމު ކަންކަން ކަމަށް ތެރެޕީ ސެންޓަރުން ވަނީ އިތުރަށް ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: