ދިރާގު ކަސްޓަމަރުންނަށް 46 ގައުމަކުން ރޯމިންގގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.
150 ރުފިޔާއިން ފެށިގެން 775 ރުފިޔާގެ ދެމެދުގައި ލިބެންހުރި މި ރޯމިންގ ޕެކޭޖްތައް ފަރުމާކޮށްފައިވަނީ އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން އެކި މުއްދަތުތަކަށް ނެގޭނެގޮތަށެވެ. މި ހިދުމަތް ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތައް ކަމުގައިވާ އިންޑިއާ، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، އޮސްޓްރޭލިއާ، ޗައިނާ އަދި ސައުދީ އަރަބިއްޔާ ހިމެނެއެވެ.
މި ޕެކޭޖްތަކުގެ ތެރޭގައި، ހައްޖާއި އުމްރާއަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން 375 ރުފިޔާއަށް 4ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެއެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖްތައް ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ. މި ޕެކޭޖްތައް ބޭނުނުން ކުރެވެނީ ޑޭޓާ ރޯމިންގ އެކްޓިވޭޓްކޮށްފައިވާ ނަންބަރުތަކަށެވެ.
އެހެންކަމުން، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިރާގު ކަސްޓަމަރުންނަށް އެ ޒިޔާރަތްކުރާ ގައުމަކުން ސިމް ހޯދުމުގެ ބަދަލުގައި، މިހާރު ބޭނުންކުރާ ސިމް މެދުވެރިކޮޑް ދިރާގުން ރޯމިންގ ޕެކޭޖެއް އެކްޓިވޭޓްކޮށްލައިގެން ފަސޭހަކަމާއެކު ޑޭޓާ ލިބިގެންދާނެއެވެ.
ދިރާގުން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް ތަފާތު ގިނަ ހިދުމަތްތައް ތައާރަފްކޮށް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.

