ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުގެ ޚިދުމަތުގެ އަގުވަޒަން ކުރައްވައިފި

މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުގެ ޚިދުމަތުގެ އަގުވަޒަން ކުރުން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޙައްޖުވެރިންނަަށް މުޅިން އަލަށް ލިބިގެންދިޔަ މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއަށް ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. ހަނދާނީ ލިޔުން ދެއްވެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވަނީ ސަޢުދީ އޮފިޝަލުން ރާއްޖެ ވަޑައިގެން ދިވެހި ޙައްޖުވެރިންނަށް ދެއްވި އަގުނުކުރެވޭފަދަ ޚިދުމަތަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައާއި ގުޅޭ ގޮތުންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވްގައި އެހެން ޤައުމުތައް ހިމަނާ އުސޫލުތަކުން އިސްތިސްނާކޮށް ރާއްޖެ ހިމެނުއްވެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރު ރާއްޖެއިން ދަތުރުކުރި 4 ފްލައިޓުގެ ޙައްޖުވެރިންވެސް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ.

އެގޮތުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ އިމިގްރޭޝަން އެއްކޮށް ފުރިހަމަކޮށްފައިވާއިރު، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން މަޑުކުރަން ޖެހެނީ ވަރަށް ކުޑަ ވަގުތުކޮޅެއްކަން ފާހަގަކޮށްލެވެއެވެ. މިއީ މިހާތަނަށް ޙައްޖުވެރިންގެ ދަތުރަށް ލިބިގެންދިޔަ އެންމެ ބޮޑު ލުއިފަސޭހައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: