ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަވާއީއަށް އަދި ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ނައިބު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ހަވާއީއަށް އަދި ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދުވަހު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ހާއްސަ ދައުވަތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ. އަދި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ބައިންލްއަގްވާމީ މޫސުމީ ބަދަލުތަކާ ގުޅޭ ގުޅުންތަކުގައި މުހިންމު ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފައެވެ.

ނައިބު ރައީސް ވަނީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމްގެ އިފްތިތާހީ ހަފްލާގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

މި ދަތުރުފުޅުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުންތަކަށްބަލާއިރު، އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއި ބްލޫ ޕްލެނެޓް އެލަޔަންސްއާއެކު އޮންނަ ގުޅުން ރަސްމީކުރައްވައި، އިއާދަ ކުރަނިވި ހަކަތަ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ތަޖިކިސްތާނުގައި، ނައިބު ރައީސް ހުސެއިން ”ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން“ ސެޝަންގައި ބައިވެރިވެވަޑައިގަތެވެ. އަދި ތަޖިކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސާއި ތަޖިކިސްތާނުގެ ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: