ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ”ފަސްޓް ހޯމް“ ކަށަވަރުކޮށްދިނުމުގެ މަޝްރޫއުއެއް ފަށަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގިނަ ފިޔަވަޅުތައް އަޅާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، ވައުދުތައް ފުއްދުމަށް ކުރަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތުތައް ދެއްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އިޖްތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިތައްކަމަށްވުމާއި އެކު، ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތްތައް ކުރެވެމުންނެވެ. އަދި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، މުޅި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ އަޒުމުގައި ގިނަ މަޝްރޫއުތައް ވެސް އިއުލާނުކޮށްފައި ވެއެވެ/

ރައީސް މުއިއްޒު މިއަދު ވިދާޅުވީ 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް ”ފުރަތަމަ ގެ“ ނުވަތަ ”ފަސްޓް ހޯމް“ ކަށަވަރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ގެދޮރާއި ގެދޮރުވެރިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމާއި، އެކަމަށް ވަށާޖެހޭ، ދެމިގެންވާ ހައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެކި މަޝްރޫޢުތަކުގެ ދަށުން ގިރާވަރުފަޅާއި، ގުޅީފަޅު ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް، މިދައުރުގެ ތެރޭގައި ދޫކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަޙައްދަށް އެކަނި، 4000 ފްލެޓް އެކަށައެޅިފައިވާ ކަމަށާއި މީގެ ސަބަބުން މިސަރަޙައްދުގައި ޒަމާންތަކަަކަށް ދެމިގެންދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް ”ފުރަތަމަ ގެ“ ނުވަތަ ”ފަސްޓް ހޯމް“ ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށާއި އެވަޢުދު ފުއްދެވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް، ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިބަސްދީގަތުމުގައި ވިދާޅުވިއެވެ. އަދި، މިކަމަށް އެދޭ، ޝަރުތު ހަމަވާ ފަރާތްތަކަށް މިއަހަރު ނިމުމުގެ ކުރިން ގޯތި ނުވަތަ ފްލެޓް ހަވާލުކުރެވޭކަމުގެ ލިޔުން އެރުވުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގައި ބޭއިންސާފުން ކުރީގެ ސަރުކާރުތަކުން ކަންތައްތަކެއް ކޮށްފައިވާކަމަށް އިޝާރާތްކުރައްވަވައި، ނޫސްވެރިޔާ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ފްލެޓް ގެއްލުނު ފަރާތްތަކަށް، މިސަރުކާރުގެ ފުރަތަމަ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓް ހަވާލުކުރެވޭނެކަމަށެވެ. އަދި، މިއަށް އޮތް ހަމައެކަނި އިސްތިސްނާއަކީ އެހެން ސްކީމެއްގެ ދަށުން ގެދޮރު ކަށަވަރުވެފައިވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުންކަމަށާއި އެކަންކަން ފުއްދައިދީ، ދިވެހި ރައްޔިތުންގެ ޢާންމު ދިރިއުޅުން ފަސޭހަކޮށްދިނުމުގައި ސަރުކާރާއި އެމަނިކުފާނު ދެމިތިއްބަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: