ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމުގެ ލިސްޓުގައި ގިންތިކުރެވޭ ޤައުމަކަށް ހެދުން: ރައީސް

ރައީސް މުއިއްޒު ރަސްމީ ދަތުރު ފުޅެއްގައި މެލޭޝިއާއަށް ވަޑައިގަތުން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ 2040 ގެ ނިޔަލަށް ރާއްޖެއަކީ ކުރިއަރަމުން އަންނަ ޤައުމުގެ ލިސްޓުން ކުރިއަރާފައިވާ ޤައުމުގެ ލިސްޓުގައި ގިންތިކުރެވޭ ޤައުމަކަށް ހެއްދެވުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ބޭރުގެ ނޫހެއްކަމަށްވާ ސިލޯން ޓުޑޭއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

މި ބަސްދީގަތުމުގައި ރައީސް ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޤައުމީ ސަލާމަތް ރައްކާތެރި ކުރެވޭނެ މަގަކުން މަސައްކަތް ކުރުން ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން 2040 ގެ ނިޔަލަށް ރާއްޖެއަކީ ކުރިއަރަމުން އަންނަ ޤައުމުގެ ލިސްޓުން ކުރިއަރާފައިވާ ޤައުމުގެ ލިސްޓުގައި ގިންތިކުރެވޭ ޤައުމަކަށް ހެއްދެވުމަކީ އެމަނިކުފާނުގެ އިސް އަމާޒެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި، ބޭރު ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަކީވެސް ރާއްޖެއިން އިސްކަންދޭނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތަކާއި، މެރިޓައިމް ސެކިއުރިޓީ އަދި ދެމެހެއްޓެނިވި ތަރައްޤީގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް އިސްކަންދެއްވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ އިޤްތިސާދީ ގޮތުން ސީރިއަސް މައްސަލަތަކެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން އިޤްތިސާދު މެނޭޖް ކުރުމަށް އެޅި އެކިއެކި ފިޔަވަޅުތަކާއެކު އެ މައްސަލަތައް ޙައްލު ކުރުމަށް މަގުފަހިވެގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު މިހާރު ކުރިއަރަމުން އަންނަ މަންޒަރުވެސް ފެންނަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެއަށް ތާރީޚީ އަމާޒެއް ޙާސިލުވެފައިވާ ކަމަށެވެ. އެގޮތުން ރައީސް ވަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ އައިކަން ފާހަގަ ކުރައްވާފައެވެ. އަދި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ތައާރަފް ކުރުމާއި، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ޤާއިމު ކުރުމަކީވެސް ރާއްޖޭގެ އިޤްތިސާދު ފުޅާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައްކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: