ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ޙަރަކާތުގެ މަފްހޫމް ގިނަ ފަރާތްތަކަށް އޮތީ އޮޅިފައި: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް ޙަރަކާތުގެ މަފްހޫމް ބައެއް ފަރާތްތަކަށް ހަގީގަތުގައި އޮޅިފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ބޭރުގެ ނޫހެއްކަމަށްވާ ސިލޯން ޓުޑޭއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ، އިންޑިއާ އައުޓް ޙަރަކާތުގެ މަފްހޫމް ބައެއް ފަރާތްތަކަށް ހަގީގަތުގައި އޮޅިފައިވާ ކަމަށެވެ. އެގޮތުން އެ ޙަރަކާތަކީ ހަގީގަތުގައި އިންޑިއާއާ ދެކޮޅު ޙަރަކާތެއް ނޫންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެއީ ހަމައެކަނި އިންޑިއާގެ އަސްކަރިއްޔާ ދިވެހި ފަސްގަނޑުން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ޙަރަކާތެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މިނިވަން ސިޔާދަތީ ޤައުމެއްގެ ގޮތުގައި ދެމި އޮތުން ރާއްޖެއަށް ނުހަނު މުހިއްމު ކަމަށާއި، އެހެން ޤައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބަސް ބުނުމަކީ ރާއްޖެއިން ބޭނުންވާ ގޮތެއް ނޫންކަމަށެވެ.

އެހެންކަމުން ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އިހުތިރާމާއެކު ރާއްޖެއިން އިންޑިއާ ސަރުކާރާއެކު މުއާމަލާތުކޮށް އެކަމުގައި ޙައްލުތަކެއް ހޯދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެކަން ކާމިޔާބުކަމާއެކު ޙާސިލުވީ ދެ ޤައުމުގެ ގުޅުމާއި، އެއް ޤައުމު އަނެއް ޤައުމުގެ ޚާރިޖީ ސިޔާސަތަށް ކުރާ އިހުތިރާމުގެ ސަބަބުން ކަމަށެވެ.

ހަމައެއާއެކު، އިންޑިއާއަކީ އަވައްޓެރި ގާތް ޤައުމެއް ކަމަށާއި، ރާއްޖޭގެ ތަރައްޤީގެވެސް ޒަމާންވީ މުހިއްމު ބައިވެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ދެ ޤައުމުގެ ގުޅުން ބައްޓަންވަމުން އަންނަނީ ޚާރިޖީ ގޮތުންނާއި ސަރަޙައްދީ ގޮތުންވެސް ދެ ޤައުމަށްވެސް ފައިދާވާނެ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ދިވެހިންގެ މަސްލަހަތަށް ބަލައިގެން ކަމަށާއި، ސިޔާސީ ގޮތުން ބޭރު ޤައުމުތަކުން އަންނަ ނުފޫޒަށް ރާއްޖެއިން ބޯނުލަނބާނެ ކަމަށެވެ. ނަމަވެސް ދިވެހިންގެ މަސްލަޙަތާއި، މިނިވަންކަމާއި ސިޔާދަތު ކަށަވަރު ކުރެވޭ ގޮތަށް ޚާރިޖީ ސިޔާސަތުތަކަށް ދޭން ޖެހޭ ލުއިތައްވެސް ދެމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާއާއި ޗައިނާ އަދި އެމެރިކާ ފަދަ ޤައުމުތަކުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ ޤައުމުތަކުން ދޭ އެހީއަށް ރާއްޖެއިން އަބަދުވެސް ޝުކުރުވެރިވާކަމަށެވެ.

އިންޑިއާ، ޗައިނާ އަދި އެމެރިކާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިން، އެ ޤައުމުތަކުގެ ދީލަތި އެހީގެ ސަބަބުން ރާއްޖެއިން އެހީއަށް ބޭނުންޖެހުނު އެކި ދަނޑިވަޅުތަކުގައި ޙައްލުތައް ލިބިގެންދިޔަ، އެކަމަށްޓަކައި ރާއްޖެއިން އަބަދުވެސް އެ ޤައުމުތަކަށް ޝުކުރުއަދާކުރަން

މީގެ އިތުރުން، މި އަމާޒަށް މަސައްކަތް ކުރަމުންދާއިރު ރާއްޖެއިން އިންޑިއާއެކޭ އެއްގޮތަށް އެފަދަ ހުރިހާ ޤައުމަކާއެކުވެސް ރަނގަޅު ގުޅުމެއް ބައްޓަން ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: