ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ މެމްބަރުން ތިބީ ހިތްހަމަނުޖެހިފައި، ބޭނުން ވަނީ ގޮނޑި ގެއްލޭ އިސްލާހު ނިމުމަކަށް ގެންނަން: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރަމުން ގެންދާ ސިޔާސީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ދޫކޮށްލުމުން ގޮނޑި ނުގެއްލޭ ގޮތަށް އިސްލާހު ހުށަހެޅުމަށް އަނެއްކާވެސް ޕީއެންސީގެ މެމްބަރުން އެދެމުންދާކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް އިންތިހާބުވާއިރު އެ މެމްބަރަކު ހުރި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ކުރީގެ މެމްބަރަކު ހުށަހަޅައިގެން ކުރިޔަށް ދަނިކޮށް، ފަނޑިޔާރުންތަކެއް ސަސްޕެންޑު ކުރުމަށް ފަހު މަގާމުން ވަނީ ވަކިކޮށްފަ އެވެ. އޭގެ ފަހުން ތިން މަސް ވާން ދިޔައިރު ފުލް ބެންޗު ހަމަ ނުވާތީ ސުޕްރީމް ކޯޓު އަދި އޮތީ ބޮޑެތި ދުސްތޫރީ މައްސަލަތައް ކުރިޔަށް ގެންދެވޭނެ ގޮތަކަށް ނޫނެވެ.

އެމްޑީޕީގެ ހަރުގޭގައި އޮތް ޖަލްސާއެއްގައި މައުރޫފް ވަނީ، ސަރުކާރުން މަޖިލީހުގެ މަސައްކަތްތަކަށް ތަކުރާރުކޮށް ނުފޫޒު ފޯރުވަމުން ގެންދާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މައުރޫފް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާއި މެދު އަމަލު ކުރާ ގޮތުގެ ސަބަބުން، ޕީއެންސީގެ ޕާލިމަންޓު ވެސް އޮތީ ނުރުހިފައިކަމަށެވެ. އަދި ދާއިރާގެ ރަށްތަކަށް މިވީ ދޮޅު އަހަރުގެ ތެރޭގައި އެއްވެސް ތަރައްގީއެއް ނުގެނެވޭތީ އެކަމާ މެމްބަރުން ކަންބޮޑުވާއިރު ރައްޔިތުން ތިބީ އެއަށް ވުރެ ބޮޑު ރުޅިވެރިކަމެއްގެ ތެރޭގައިކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ މި ސަރުކާރު ހިންގަމުންދާ ގޮތުން އެނގެން އޮތީ އެމްޑީޕީގެ ދައުރުގައި ގެނެސްދިން ހެޔޮ ބަދަލުތައް ކަމަށެވެ. އަދި އެމްޑީޕީ އޮތީ އަބަދުވެސް ރައްޔިތުންގެ ފަޅީގައިކަން ސާފުވާކަމަށް މައުރޫފް ވިދާޅުވި އެވެ.

ފަސް އަހަރު ނިންމާލިއިރު އަޅުގަނޑު ދުވަހަކު ވެސް އަޑެއް ނާހަން މީހަކު ބުނި އަޑެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޮގު ހަދާ ވާހަކައެއް.. އެމްޑީޕީ އުފާ ކުރަންވީ ފަސް އަހަރު ވެރިކަމެއްކޮށް ނިންމާލީ ދޮގެއް ހަދާ ނުލައި.. މިއަދު ކޮންމެ މީހަކު، ކޮންމެ ރައްޔިތަކު ބުނަމުން އެދަނީ.. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން.. ކޮންމެ ރައްޔިތަކުމެ ބުނަމުން ދަނީ.. ކަލޯ ކަމަކުދާކަށް ނެތޭ ދޮގު ހަދާ މީހެކޭ ގެނެވުނީ..

މައުރޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް ކަމަށެވެ. އެއީ ބޭސްފަރުވާ ނުވަތަ ތައުލީމާއި ފެނާއި ނަރުދަމާ ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވުނު ހިދުމަތްތައްކަމަށް މައުރޫފް ވިދާޅުވި އެވެ.

މީގެއިތުރުން ކަރަންޓު ބިލުގެ މައްސަލައިގައި މިފަހުން އުފެދިފައިވާ ޝަކުވާތައް ފާހަގަކުރައްވައި މައުރޫފް ވިދަޅާޅުވީ ކަރަންޓު ބިލުން މަކަރު ހަދައި އޮޅުވާލަފާނެކަމަށް ދުވަހަކު ވެސް ގަބޫލު ކުރެވިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރު އުފެދުނު ފަހުން ކޮންމެ މަހެއްގައި ވެސް، އަންނަ އެންމެ ބޮޑު ޝަކުވާއަކީ ބިލު އިންތިހާއަށް ބޮޑުވުންކަމަށް މައުރޫފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: