ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުނު ހާދިސާގެ ރިޕޯޓު 2 ހަފްތާ ތެރޭގައި ރައީސްއަށް ހުށައަޅަނީ

އިންކުއަރީ ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ތަހުގީގު ނިންމައި ދެ ހަފުތާ ތެރޭ ރައީސަށް ރިޕޯޓު އަރުވާނެ ކަމަށް މިއަދު އެ ކޮމިޝަނުން ބުނެފިއެވެ.

މީގެކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ބުނީ އެ ކޮމިޝަންގެ މެންބަރުން ވަނީ، އެ ދުވަހާ ހަމައަށް، މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން އެ ދުވަހު ބުންޏެވެ.

އެއާއެކު މިއަދު އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތް މިހާރު ނިމެން ގާތްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއް ތެރޭ، ކޮމިޝަނުން އެ މައްސަލައިގައި ތައްޔާރުކުރާ ރިޕޯޓު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ހިއްސާ ކުރެވޭނެކަމަށް މެންބަރުން އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުގައި ހުރި ރައުދު އަހުމަދު ޒިލާލު ދޫކޮށްލުމަށް އިރުޝާދު ދިނީ ކުށް ސާބިތުވާ ހާލަތެއްގައި އަންނާނެކަމަށް ބެލެވޭ ހުކުމަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހުރުމުގެ ފުރުސަތު އޮތުމުންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރައުދު އަނެއްކާވެސް ބަންދުން ދޫކޮށްލާފައި ވަނީ، އޭނާ ހައްޔަރުގައި އިޖުރާއަތުތައް ފުރިހަމަ ނުވެ ހުރުމުގެ ސަބަބުން ދޫކޮށް އަލުން ހައްޔަރު ވެސް ކުރުމަށް ފަހު އެވެ. އަދި އޭރު ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން ޖެހީ ވެސް ފަސް ދުވަހެވެ. ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ވެސް އޮތީ ފޮނުވާފަ އެވެ. އަދި ރައުދުގެ މައްޗަށް ހިނގަ ހިނގާ އޮތް ދެ އަމުރު އެބައޮތްކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ކަންބޮޑުވުންފާޅު ކުރި އެވެ.

ރައުދު ބަންދުން ދޫކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފައަށްކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވާތީ އެކަމަށް އެ އޮފީހުގެ މީޑިއާ އޮފިސަރ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ ވަންދުން ދޫކުރުމަށް އެދުނީ ބަންދުގައި ހުރި މުއްދަތު ރައުދުގެ މައްޗަށް އަންނާނެކަމަށް ބެލެވޭ ހުކުމަށް ވުރެ މުއްދަތު އިތުރުވެދާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: