ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރާ ނޭޝަނަލް ކެރިއަރސް ސަރވިސްގެ އޮފީސް މިނިސްޓަރ ހައިދަރު ހުޅުވައިދެއްވައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ނޭޝަނަލް ކެރިއަރސް ސަރވިސް (އެންސީއެސް) އިން ކުޅުދުއްފުށި ސިޓީގައި އަލަށް ޤާޢިމުކުރާ ރީޖަނަލް އޮފީސް ހުޅުވާދެއްވައިފައެވެ.

ކުޅުދުއްފުށީގައި ޤާއިމުކުރެވުނު މި އޮފީހަކީ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮއްދިނުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދިނުމަށް އަމާޒުކޮށް ޤާއިމުކުރެވިފައިވާ އޮފީހެކެވެ.

މީގެ އިތުރުން، މަސައްކަތުގެ އުމުރުފުރައިގެ މީހުންނަށް އެކަށޭނަ މަސައްކަތްތަކާއި ވަޒީފާތައް ޚިޔާރުކުރުމުގައި އެހީތެރިވެ، މަގުދެއްކުމަށްޓަކައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޝަނަލް ކެރިއަރސް ސަރވިސްގެ އިތުރު އޮފީސްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮފީސް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި، މިނިސްޓަރ ޑރ.ޢަލީ ހައިދަރު ދެއްކެވި ވާހަކަފުޅުގައި، މިނިސްޓްރީ އަދި މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުންދާ ހުރިހާ އިދާރާތަކުގެ އަމާޒަކީ ވަޒީފާ ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަޒީފާ ހޯދުމުގެ މަގުފަހިކޮއްދިނުމާއި ވަޒީފާ އުމުރުފުރައިގެ ކުދިންނަށް ކިޔެވުމާއި އަދި މަސައްކަތުގެ ދާއިރާ ހިޔާރުކުރުމުގެ ފުރިހަމަ މަޢުލުމާތު ފޯރުކޮއްދިނުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: