ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގެ ފެނުގެ ހިދުމަތް ޒީރޯކާބަންކުރުމުގެ މަޝްރޫއެއްގައި ސޮއިކޮށްފި!

ފޮޓޯ: އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީގެ  ފެނުގެ ހިދުމަތް މުޅިން އިޔާދަކުރަނިވި ހަކަތައިން ހިންގުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޖަޕާނު ކުންފުންޏަކާއެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެެވެ.

މިއީ  ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު، އެގައުމުގެ  ކަނަޑޭވިއާ ކުންފުންޏަކާއި ގުޅިގެން މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ  އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބުލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީނު މުހައްމަދުއެވެ. ކަނަޑޭވިއާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ  ޖެނެރަލް މެނޭޖަރު ތަކޭޝީ އައިބާއެވެ.

މި މަޝްރޫއާއިއެކު، އެންއޭއެސް ބެޓެރީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސޯލާ ޕަވާޑް ސީ ވޯޓާ ޑީސެލިނޭޝަން ސިސްޓަމެއް ގާއިމުކުރެވިގެންދާއިރު، މި ނިޒާމަކީ މުޅިން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިޒާމެކެވެ.އެގޮތުން މި މަޝްރޫއުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރްއޯ ޕްލާންޓެއް ބެހެއްޓުމާއިއެކު، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކުރުމުގެ އިތުރުން 1450 ކިލޯވޮޓްއަވަރގެ ބެޓެރީ ސިސްޓަމެއް ގާއިމުކުރެވިގެންދާނެއެވެ.

މި މަޝްރޫއުގެ ޖުމްލަ ހަރަދަށް ބާލާއިރު،  27 އިންސައްތައަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން (ޖީއީސީ)އިން އެހީގެ ގޮތުގައި ހިއްސާކުރާއިރު ކެނެޑޭވިއާއިން 27 އިންސައްތަ ހިއްސާކުރެއެވެ. އަދި އެމްޑަބްލިޔުއެސްސީން 46 އިންސައްތަ ހިއްސާކުރާނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: