ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެކްސްކޮމްގައި ލިބެން އެކްސްޓެލް ބްރޭންޑުގެ އައިޓެމްތައް އައިއެސްއޯ ސެޓިފައިޑް ވާނެ!

މެކްސްކޮމްގައި ލިބެން ހުރި އެކްސްޓެލް ބްރޭންޑުގެ އައިޓެމްތައް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މެކްސްކޮމްގައި ލިބެން ހުރި އެކްސްޓެލް ބްރޭންޑުގެ އައިޓެމްތަކަކީ ޔޫރަޕާއި އޭޝިއާގެ އެކި ގައުމުތަކުގައި ވެސް ބޭނުންކުރަމުން ދާ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން އައިއެސްއޯ 9000 ސެޓިފައިޑް ޕްރޮޑަކްޓުތައްކަމަށް އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރ އަހުމަދު ސިބާހު ވިދާޅުވެއްޖެ އެވެ.

އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު ފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެގޮތް ކަނޑައެޅުމުގެގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކެކެވެ.

މެކްސްކޮމް ރާއްޖެއަށް އަލަށް ގެނެސްފައިވާ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑަކީ އެކްސްޓެލް އެވެ. ޕެސިވް ނެޓްވޯކިން އައިޓަމްތަކާއި ރެކް އަދި ކޭބަލްއާއި ޖެކްތަކުގެ އިތުރުން ފޭސް ޕްލޭޓްތައް ހިމެނޭ މި ބްރޭންޑުގެ ބައެއް އައިޓަމްތަކަކީ މިއީ އެވެ.

ޕެސިވް ނެޓްވޯކިންއަކީ އެކްޓިވް ސްވިޗްތަކުގެ އިތުރުން ނެޓްވޯކިން އެޅުމުގައި ބޭނުންކުރާ ކޯ އައިޓެމްއެކެވެ.

މެކްސްކޮމްގެ ފިހާރައިގައި ހުންނަވައި ސިބާހު ”ސަންގު“ އަށް ވިދާޅުވީ ގޮތުގައި މި ޕްރޮޑަކްޓުތައް ގެނައުމަށް ނިންމާފައި ވަނީ މާކެޓުގައި ޕްރޮޑަކްޓުތަކުގެ ޑިމާންޑު ހައި ދުވަސްވަރަކާއި ދިމާކޮށެވެ. އެގޮތުން މިހާރު މާކެޓުގައި އެއް ވެންޑަރ ނުވަތަ ދެ ވެންޑަރ ހިމެނޭއިރު މާކެޓަށް މިތަކެތި ގެނެސް ތައާރަފުކޮށްފައި ވަނީ މިހާރު ވެސް މާކެޓުގައި ލިބެމުންދާ އަގުތަކާއި ދާދި އެއްވަރަކަށެވެ.

މިއީ މިހާރު މާކެޓުގައި ހުރި ޕްރޮޑަކްޓުތަކަށް ވުރެ ރަނގަޅު އަދި ކޮލިޓީވާނެ ޕްރޮޑަކްޓުތައްކަން ވެސް ސިބާހު ވަނީ ފާހަގަކޮށްފަ އެވެ.

ދެން އެކްސްޓެލްގެ ހުރިހާ ޕްރޮޑަކްޓަކީ ވެސް އައިއެސްއޯ 9000 ސެޓިފައިޑް ޕްރޮޑަކްޓްތަކެއް.. އެހެންވީމަ ޔޫސްއެއްގައި ޑިޒައިން ކުރެވި އޭޝިއާ އަދި ޔޫރަޕްގައި ބޭނުންކުރެވެމުން ދާ ޕްރޮޑަކްޓުތަކެއް..

ސިބާހު ވިދާޅުވި ގޮތުގައި މިއީ ޔޫރަޕާއި އޭޝިއާގެ އެކި ގައުމުތަކުގައި ވެސް ބޭނުންކުރަމުން ދާ އައިސްއެސްއޯ 9000 ސެޓިފައިޑް ޕްރޮޑަކްޓުތަކެވެ.

މީގެއިތުރުން ސިބާހު ވިދާޅުވީ، ކޭބަލްފަދަ ތަކެތި ބަލްކުކޮށް ބޭނުންވާނަމަ އެއަށް ވެސް ކޭޓަރ ކުރެވޭނެކަމަށެވެ. އަދި ވޯކްއިން ކަސްޓަމަރުންގެ އިތުރުން ޕްރޮޖެކްޓް ބޭސް ކަސްޓަމަރުންނަށް ވެސް ހިދުމަތް ދެވޭނެކަމަށް ސިބާހު ވިދާޅުވި އެވެ.

ސިބާހު ވަނީ މެކްސްކޮމްގެ އިތުރު ބައެއް އެހެން ޕްރޮޑަކްޓުތަކާއި ގުޅޭ މައުލޫމާތު ވެސް ދެއްވާފަ އެވެ. އެގޮތުން ޑީޓެކް ޕްރޮޑަކްޓުތަކުގެ ގޮތުގައި ފާހަގަކުރެވޭ އެކްސެސަރީސް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެޗްޑީއެމްއައި ކޭބަލްއާއި، ކޮންވާޓަރ ތަކެވެ.

މި ޕްރޮޑަކްޓުތައް ތައްޔާރުކޮށްފައި ހުންނަނީ ސިބާހު ވިދާޅުވި ގޮތުގައި ގަންނަ މެއިން ޕްރޮޑަކްޓުތަކަށް ބޭނުންވާ ކުދިކުދި ބަދަލުތަކަށެވެ. މިސާލެއްގެ ގޮތުގައި ސިބާހު ވިދާޅުވީ ކޮމްޕިއުޓަރ ސިސްޓަމްގައި ކުރު ކޭބަލެއް ހުރިނަމަ އެޗްޑީއެމްއައި ދިގު ކޭބަލް ފޯރުކޮށްދިނުމެވެ. އެހެންކަމުން އެފަދަ އައިޓެމްތައް މެކްސްކޮމްއިން ލިބެން ހުންނާނެކަމަށް ސިބާހު ވިދާޅުވި އެވެ.

މީގެއިތުރުން ސިބާހު ވިދާޅުވީ ފަހުގެ ލެޕްޓޮޕްތަކުގައި ހުންނަނީ މައިކްރޯ ޔޫއެސްބީ ނުވަތަ ސީ ޕޮޓްކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ބޭނުންވާނެ ކޮންވާޓަރު ވެސް މެކްސްކޮމްގައި ލިބެން ހުންނާނެކަމަށް ސިބާހު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: