ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު އަޕްޑޭޓް: ދިވެހި ހައްޖުވެރިން މިރޭ މިނާއަށް ފުރާނެ

ހައްޖާޖީމްމަށް ހާއްސަ ފޭލިގެތައް -- ފޮޓޯ: ހައްޖު މިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭން މި އަހަރު ހައްޖަށް ދިޔަ ހާހަކަށް ވުރެ ގިނަ މީހުން މިރޭ މިނާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ހައްޖާޖީންގެ ކަންކަންމުގެ ތަފްސީލްތައް ދެއްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހައްޖުވެރިންގެ ވެސް ހާލު ރަނގަޅެވެ. އަދި އެ އެންމެން ވެސް މިނާއަށް ދިޔުމަށްޓަކައި މިރޭ ދަތުރު ފަށާނެ ކަމަށް ވިދާޅުވިއެވެ.

މިނާގައި ހައްޖުވެރިން ތިބޭނީ އެކަމަށް ހާއްސަ ޓެންޓުތަކުގައެވެ. އެ ޓެންޓު ތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ހައްޖު މިޝަންއިން ބަލާފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ޓެންޓުތަކުގެ ޕޮޓޯތައްވެސް ވަނީ މީޑިއާއަށް ހިއްސާ ކޮށްފައެވެ.

ހައްޖު ކޯޕަރޭޝަނުން ހުރިހާ ހައްޖުވެރިންނަށް ވެސް މިނާގައި ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. މިފަހަރުގެ ހައްޖަށް ސަރުކާރުން ވަނީ ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ސައުދީ ސަރުކާރާއި އެކު ހައްޖާޖީންނަށް ފަހިކޮށް ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: