ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން މަހުގެ ފުރަތަމަ ތިން ދުވަހު ފަތުރުވެރިންގެ އަދަދު 18 އިންސައްތަ އިތުރު: ޓުއަރިޒަމް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ތިން ދުވަހު ފަތުރުވެރިން އައި އަދަދުތައް 18 އިންސައްތަ އިތުރުކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ 1 ވަނަ ދުވަހުން 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 13600 ފަތުރުވެރިން އައިސްފައިވެއެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 11530 ފަތުރުވެރިންކަމަށްވުމުން މި އަހަރުގެ ތެރޭގައި އައިސްފައިވާ އަދަދުތައް ފާހަގަކުރެވޭ މިންގަނޑަކަށް އިތުރުވެފައިވާކަމަށް ފެނިގެންދެއެވެ. މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުން މި މުއްދަތުގައި އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 4533 ފަތުރުވެރިން އައިސްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ފަތުރުވެރިން އައި އަދަދު އެންމެ ގިނައީ ފެބްރުއަރީ މަހުގައެވެ. އެ މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 7646 ފަތުރުވެރިން އައިސްފައިވެއެވެ. ނަމަވެސް އެ މަހުގެ ތެރޭގައި ޖުމުލަކޮށް އައި ފަތުރުވެރިންގެ އަދަދުތައް ނިމިދިޔަ އަހަރަށްވުރެ 1.5 އިންސައްތަ ދަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޒިޔާރަތްކުރަނީ ރިސޯޓުތަކަށްކަންވެސް މިނިސްޓްރީގެ ހިސާބުތަކުން ފެނިގެންދެއެވެ. އެގޮތުން މިހާތަނަށް އައި ފަތުރުވެރިންގެ 71.6 އިންސައްތަ ނުވަތަ 701764 ފަތުރުވެރިންނަކީ ރިސޯޓުތަކަށް އައިސްފައިވާ މީހުންނެވެ. މި އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 979958 ފަތުރުވެރިން އައިސްފައިވެއެވެ. އެހެންކަމުން ނިމިދިޔަ އަހަރަށްވުރެ 8.4 އިންސައްތަ އިތުރުވެފައިވާއިރު މި އަދަދުގެ ތެރެއިން 23 އިންސައްތަ މީހުން ޒިޔާރަތްކޮށްފައިވަނީ ގެސްޓް ހައުސްތަކަށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި އަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ މާކެޓުންނެވެ. އެއީ ޖުމުލަ އަދަދުގެ 12 އިންސައްތަކަމަށްވާއިރު ދެވަނައިގައި އޮތް ރަޝިއާގެ މާކެޓުން އައި ފަތުރުވެރިންގެ ހިއްސާއަކީ 11 އިންސައްތައެވެ. 10.2 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ޔޫކޭ މާކެޓުންނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: