ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވިސްނުމަކީ އަބަދުވެސް ވެރިކަން ވައްޓާލައި، ގައުމު ދަރަނިވެރި ކުރުން: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ މަލީ ނިޒާމަށް ބޮޑެތި ގެއްލުންތައް ދިންއިރު، އެ ޕާޓީގެ އަބަދުވެސް ވިސްނުމަކީ އިދިކޮޅުގައި އޮތް ނަމަ ސަރުކާރެއް ވައްޓާލުންކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މަމްދޫހު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މަމްދޫހު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމަށް ފަސޭހައެއްވާނެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި އެމްޑީޕީ ދީފައި ވަނީ ބުރަކަމަށެވެ. އެގޮތުން ހަރަދު ބޮޑު ނިޒާމެއްގެ ތެރެއިން، މަތީ އިންޓްރެސްޓް ރޭޓެއްގައި ލޯނުތައް ނެގުމާއި އެކު ފައިސާ ޗާޕު ކުރަމުން ދިޔައީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ލަފައާއި އިރުޝާދުތަކާއި ހިލާފަށްކަމަށް ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގުފަހި ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. އަދި ފެނިގެން ދިޔައީ ގެއްލުމުގެ ބަދަލެއްގެ ގޮތުންނާއި އެކު ގާތް މީހުންނަށް މިލިއަނުން ފައިސާ ދެމުން ދިޔަ މަންޒަރުކަމަށް ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ ބޭރުގެ ދަރަންޏާއި އެކު އެތެރޭގެ ދަރަނި ވެސް އިންތިހާއަށް އުފުލިފައި އޮތުމުގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އޭގެ ސަބަބުން އެތައް ގޮންޖެހުންތައް ދިމާވިކަމަށެވެ. އަދި އަމިއްލަ ފަރުދުން މެދުވެރިކޮށް ކުންފުނިތަކުން މަސައްކަތް ކުރުވައި ފައިސާ ނުދީ ހުރިއިރު، ކުންފުނިތައް ހުރީ ބޮއްސުންލާފައިކަމަށް މަމްދޫހު ވިދާޅުވި އެވެ.

އެމްޑީޕީގެ ބޭނުމެއްކަމަށް މަމްދޫހު ވިދާޅުވީ ރައީސް މުއިއްޒަށް އުނދަގޫކޮށް، ވެރިކަން މަޖިލީހުގެ ތެރެއިން ވައްޓާލުމެވެ. އެހެން ނަމަވެސް ރައްޔިތުން އެ ޕާޓީއަށް އެފަދަ ފުރުސަތެއް ނުދިންކަމަށް ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ މިހާތަނަށް އައިއިރު ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުން ގައުމަށް ހިންދެމިލެވޭނެ ފުރުސަތު ލިބިފައިވާކަމަށެވެ.

މި ހުރިހާ ފިޔަވަޅެއް ވެސް ރައީސް މުއިއްޒު އެޅުއްވީ އެމްޑީޕީގެ ވިސްނުމާއި ހިލާފަށް ފައިސާ ޗާޕު ކުރުމަކާއި ނުލައި ލޯނެއް ނުނަގައި އަދި ދަރަނި އަދާކުރަމުންކަމަށް ވެސް މަމްދޫހު ވަނީ ވިދާޅުވެފަ އެވެ.

މިހުރިހާ ކާމިޔާބީއެއް ލިބުނީ ރައީސް މުއިއްޒު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުން.. ގައުމު ބަނގުރޫޓު ނުވެ ސަލާމަތްވީ… ބޮޑު ތާއީދަކާއި އެކު ރައީސަށް ވެރިކަން ހަވާލު ކުރިއިރު އޭރު އޮތީ 19 ވަނަ މަޖިލިސް.. އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތުމުން ކުރި ކަންކަން މަތީން ހަނދާން އެބަހުރި.. މަޖިލީހުގެ ގަވައިދުތައް ބަދަލުކޮށް، ރައްޔިތުންގެ ބޮޑު ތައީދަކާއި އެކު އިންތިހާބު ކުރި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ކުރި މަސައްކަތް.. މިއީ ވަރަށް ބޮޑު ހިތާމައެއް..

މީގެއިތުރުން މަމްދޫހު ވިދާޅުވީ 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުމާއި އެކު، މާލީ ހާލަތާއި ގުޅޭ ގިނަ ރަނގަޅު ބަދަލުތައް ގެނެވުނު ކަމަށެވެ. އެގޮތުން ދަރަނި މެނޭޖު ކުރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ބެލެހެއްޓުމާއި ގުޅޭ ގާނޫނު މަމްދޫހު ފާހަގަކުރެއްވި އެވެ.

މަމްދޫހު ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީއެއް އޮތުމުން ޖަވާބުދާރީ ކުރުވުމާއި ދުރުވެ ޕީއެންސީ ނެތްކަމަށެވެ. އަދި ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުމާއި، ކުންފުނިތަކުގެ މަސައްކަތްތަކާއި މެދު ސުވާލު އުފެދޭ ނަމަ އެ ކުންފުންޏެއްގެ އިސްވެރިން ވެސް ހާޒިރު ކުރާކަމަށް މަމްދޫހު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދުގައި މިވަގުތު އޮތް ދަތިތަކުގެ ތެރޭގައި ހިމެނޭ ޑޮލަރުގެ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކޮށް މަމްދޫހު ވިދާޅުވީ އޭގެ ނަތީޖާ ދަނީ ފެންނަމުން ކަމަށެވެ. މި ފިޔަވަޅުތައް އަޅައި، ކާމިޔާބީ ހޯދުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރާނީ ބޮޑެތި ލޯނުތައް ނުނަގައި، ފައިސާ ޗާޕު ނުކޮށް ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކޮށް ލޯނު ނަގައިގެން ގައުމަށް ލިބުނު އެއްވެސް މަންފާއެއް ހަމަ ލޮލަށް ފެންނަން އެބަހުރިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއަށް އާމްދަނީ ވަންނާނެ އެއްވެސް މަގެއް ހޯދާފައި ނެތްކަމަށާއި، ހަރަދު ބޮޑު ސިޔާސަތެއްގެ ތެރެއިން ދައުލަތަށް ހިޔާނާތްތެރިވަމުން ދިޔައީ ވެސް މިދިޔަ ފަސް އަހަރުގައިކަމަށް މަމްދޫހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: