ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގަ ހެދި ފްލެޓު ލިސްޓެއް ދެން އަންނަ ސަރުކާރަކުން އަނެއްކާ ވެރިފައިކުރުމަކީ މައްސަލައެއް: ޝިފާޒް

އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުން އެކުލަވާލި ފްލެޓު ލިސްޓަކަށް ދެން އަންނަ ސަރުކާރަކުން ވެރިފިކޭޝަން މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މައްސަލައެއްކަމަށް އެމްޑީޕީގެ ކުރީގެ ނައިބުރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ފްލެޓުތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ޝިފާޒް ވިދާޅުވީ، ކުރީގެ ސަރުކާރުން ނިންމާފައިވާ ފްލެޓު ލިސްޓެއްގައި ހިމެނޭ ފަރާތްތަކަކީ ހައްގުވެރިން ނޫންކަމަށް ދެން އަންނަ ސަރުކާރަކުން ނިންމައި އަލުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

ޝިފާޒް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރުގައިވެސް ފްލެޓު ކޮމިޓީއެއް އެކުލަވާލައި ހާލަތު ވަޒަންކުރުމުގެ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އަދި އެކަން ކުރިއިރު ގިނަ އަދަދެއްގެ ޝަކުވާތައް ފަހުން ލިބުނުކަމަށާއި އެމަގުން މަސައްކަތްތައް ކުރިއަށް ގެންގޮސްގެން ހައްލެއް ނެރެވިދާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށް ވިދާޅުވިއިރު ވަކި ގޮތަކީ އެންމެ ރަނގަޅު އުސޫލުކަމަށް ކަނޑައަޅައިގެން އެފަދަ ހައްސާސް މައްސަލައެއްގައި ކުރިއަށް ދިއުން ދަތިކަމަކަށް ވެގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ.

ޝިފާޒް ވިދާޅުވީ، ހައުސިންގ ޑިމާންޑު އޮތްކަން ސާފުކަމަށެވެ. މިގޮތުން 27000 ފޯމު އޮތުމުން އެ އަދަދަށް މީހުން ބޯހިޔާވަހިކަން ބޭނުންވާކަން ފެނިގެންދާކަމަށާއި އެ އަދަދަށް ކޭޓާރ ނުކުރެވޭ ހިނދު ޝަކުވާތަކަށް ނިމުމެއް ނާންނާނެކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރެއް ބަދަލުވުމުން ފްލެޓު ލިސްޓުގެ ވެރިފިކޭޝަން މަސައްކަތްތައް ދެން އަންނަ ސަރުކާރަކުން ކުރަން ނުވާކަމަށް ގަބޫލު ކުރާ ސަބަބުތަކުގެ ތެރެއިން ބައެއް ކަންކަން ދާދި ފަހުންވެސް ފެނިގެންގޮސްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މިފަދަ މައްސަލަތައް އުފެދެނީ ވެރިކަން ކުރާ ނިޒާމުގައި އެކަށީގެންވާ ވަރަށް ގާނޫނުތައް ނެތުމުގެ ސަބަބުން ނޫންކަމަށެވެ. ނަމަވެސް މަސައްކަތްތަކެއް ގާނޫނީ އިމެއް ކަނޑައަޅައިގެން ކުރިއަށް ގެންދިއުމުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށާއި އެކަމުގެ ސަބަބުން ކޯޓާއި ހިސާބަށް ގޮސްގެން ހައްލުތަކެއް ހޯދުމަށް ފުރުސަތުތަކެއް އޮންނަކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ނަަމަވެސް އެފަދަ މައްސަލައެއް ޝަރުއީ ނިޒާމުގެ ތެރެއިން ނިމިގެން އައުމަށް އެތައް އަހަރެއްވެގެންދާނެކަންވެސް ޔަގީންވެވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

ޝިފާޒް ވިދާޅުވީ، ހަގީގަތަށް ބަލާއިރު ގާނޫނުތައް ގިނަވަމުންދިއުމަކީވެސް އޭގެ ޒާތުގައި މައްސަލައެއްކަމަށާއި ގައުމަށް ނުކަތާވަރަށް ގާނޫނުތައް ހެދިފައި އޮތުމަކީވެސް މައްސަލައެއްކަމަށެވެ. އަދި ދާދި ފަހުން ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނެއް ފާސްކުރެވިފައިވާކަމަށް އިޝާރާތްކުރައްވާ ޝިފާޒް ވިދާޅުވީ، މިހާރު ގާނޫނެއް ތަސްދީކުރުމަށްޓަކައިވެސް އެކި މުއައްސަސާތަކުގެ ވެރިން އެއްތަން ކުރެވިގެންދާކަން ފެނިގެންދާކަމަށާއި ސޮއެއް ކޮށްލުމަށްޓަކައި ރައްޔިތުން އެއްކުރާކަމަށެވެ.

ޝިފާޒް ވިދާޅުވީ، 2010 ވަނަ އަހަރާއި ގާތުން ފާސްކޮށް ތަސްދީގުކުރެވުނު އާންމު އިޖްތިމާއީ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގާނޫނުގެ ދަށުންވެސް މިހާރު އޮތް ގާނޫނުގެ ދަށުން މަނާކުރެވިފައިވާކަންކަން އޮތީ މަނާކުރެވިފައިވާކަމަށެވެ. އަދި ބޭ އަދަބީ ބަސްތައް ބޭނުންކުރުންވެސް މަނާކުރެވިފައިވާއިރު އެ ގާނޫނު ތަންފީޒުކުރާނަމަ މިހާރު އުފެދިފައިވާ މައްސަލަތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނު ނެތީ ނޫންކަމަށާއި މައްސަލައަކީ އެ ގާނޫނުތައް އެކަށީގެންވާ ގޮތެއްގެ މަތިން ތަންފީޒުކުރެވިގެން ނުދިއުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: