ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާޒް، ނަޝީދުއަށް: ޕާޓީ ރޫޅާލުމަށް ފަހު، އަނެއްކާ އެނބުރި އައުމަށް ނުރުހޭނަން!

ރައީސް މުހައްމަދު ނަޝީދާއި ކުރީގެ މެންބަރު އަލީ ނިޒާޔް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި އެމްޑީޕީގެ ބައެއް މެމްބަރުން ފާޑުވިދާޅުވެއްޖެ އެވެ.

ސިޔާސީ މަސްރަހު ވަގުތީ ގޮތުން ދޫކުރައްވައި ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ރައީސް ނަޝީދުގެ ކްލައިމެޓް ވަލްނަރަބުލް ފޯރަމް (ސީވީއެފް) ސެކޭޓްރީ ޖެނެރަލްކަމުގެ ދައުރު މި އަހަރު ހަމަވާނެ އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި އެކު ރައީސް ނަޝީދު އޭރު މަސައްކަތް ކުރެއްވީ ދެވަނަ ދައުރެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތާއި ދެކޮޅަށެވެ. އަދި އެމަނިކުފާނުގެ ޒާތީ ދިރިއުޅުމާއި ގުޅުވައި ބޮޑެތި ފާޑުކިއުން އަމާޒުކޮށް ތުހުމަތުތައް ވެސް ކުރެއްވި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ދެން ރާއްޖޭގެ ވެރިކަން ނުލިބޭނެކަމަށެވެ. އަދި އެމްޑީޕީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅު އެވެ.

ޕާޓީއަށް ރިޔާސީ އިންތިހާބާއި އެކު މަޖިލީހުގައި ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ މެމްބަރުންގެ ނަޒަރުގައި ރައީސް ނަޝީދެވެ. ރައީސް ނަޝީދާއި އެކު މަސައްކަތް ކުރެއްވި ބައެއް މެމްބަރުން އެމްޑީޕީއާއި އަލުން އެނބުރި ގުޅިވަޑައިގެންފައިވާއިރު، އެކަމާ ޕާޓީގެ ބައެއް މެމްބަރުން ސުވާލު އުފައްދަ އެވެ. އަދި އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޕްރައިމެރީގެ ވާދަވެރިކަން އުފެދިފައި ވަނިކޮށް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް ވިދާޅުވި އެވެ.

އޭގެ ފަހުން މި ހަފްތާގައި ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ހާމަކުރައްވާފަ އެވެ. އެކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭނުންވުމުން ޕާޓީގެ ހަލާކުގެ ތެރެއަށް ދޫކޮށްލުމަށް ފަހު، އަނެއްކާވެސް ބޭނުންވުމުން އެނބުރި އައުމަކީ އޮތް އުސޫލެއް ނޫން ކަމަށެވެ.

ނިޔާޒް ވިދާޅުވީ އެމްޑީޕީ ރޫޅާލުމަށް ފަހު، އަނެއްކާވެސް އެހެން ބަޔަކު އެކަން ހައްލުކޮށް މަސައްކަތް ކުރަން އުޅުމަކީ އޭނާ ރުހޭ ގޮތެއް ނޫން ކަމަށެވެ.

ނިޔާޒްގެ މި ޕޯސްޓަށް ރައްދު ދެއްވައި ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ރޫޅާލެވޭނީ ބަލިކަށިވުމުން ކަމަށެވެ. އަދި ވިދާޅުވީ އެ ވިދާޅުވާ އެއްޗެއް ހަލާކުވެ ރޫޅާލެވުނީ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އައި މީހުން އެކަމުގެ ބޮޑުން ދޫކޮށްލުމުން ކަމަށެވެ.

ވަހީދު ވިދާޅުވި ގޮތުގައި ވައްކަން ބަލަން އައިސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ވެސް ނުބަލައި އޭނާ ޖަލު ހުކުމުން މިނިވަންކޮށް ދޫކޮށްލީ އެވެ. އަދި މަރުގެ މައްސަލަތައް ބަލާނެކަމަށް ބުނެ އެކަން ވެސް ތަހުގީގުކޮށް އިންފު ހޯދައިނުދެވުނުކަމަށް ވަހީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: