ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކާސްޓިން ކޮމިޝަނުގެ އެސްޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮމިޝަނުން ކުރި އިއުލާނެއްގައި އެ މަގާމަށް ކުރިމަތިލާ މީހެއްގެ ގައިގައި ހުންނާންޖެހޭ ޝަރުތުތަކާއި، އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދި މަގާމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތީގެ ތަފުސީލު ވަނީ އާންމުކޮށްފައެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖޫން 23، ވާ ހޯމަ ދުވަހުގެ މެންދުރު 1:00 އެވެ.

މަގާމަށް ކުރިމަތިލާއިރު، މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެކަމަށް ކޮމިޝަނުން ބުންޏެވެ.

ބްރޯޑްކޮމްގެ އެސްޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ޒީނިޔާ މެއި 25، ގައި އެ މަގާމުން ވަކިކުރުމުންނެވެ

ސަބަބެއް ބަޔާން ކުރުމެއް ނެތި ޒީނިޔާ ސަސްޕެންޑު ކުރުމާ ގުޅިގެން ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަށްފަހު ބްރޯޑްކޮމްގެ މުވައްޒަފުން ގެއަށްވެސް ދިޔައެވެ. އެއަށްފަހު އެ ކޮމިޝަނުގެ އައިޓީ އޮފިސަރު، އަހުމަދު ފަޒީލްވެސް ސަސްޕެންޑުކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: