ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފްއިން ސެންޓަރަރ ގްރޭންޑް ރިސޯޓުގެ މުވައްޒަފުންނަށް އައިއޭއެފްބީ ކޯހެއް ހިންގައިފި

ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން (އެފްއާރްއެސް) އިން ސެންޓަރަރ ގްރޭންޑް ރިސޯޓުގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް (އައިއޭއެފްބީ) ކޯހެއް ހިންގައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލު (އެފްއާރްޓީއެސް) ގައި ޖޫން 1އިން 4 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެ ރިސޯޓުގެ 13 މުވައްޒަފުން ބައިވެރިވިކަމަށެވެ
މި ކޯހުގައި މައުލޫމާތު ދިން ބައިތަކުގެ ތެރޭގައި، ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގްއިޝަސް، އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް، ޕޯޓަބަލް ފަޔަރ ޕަމްޕް، ފަޔަރ ރޯޕްސް އެންޑް ނޮޓްސް، ފަޔަރ ޑިޓެކްޝަން އެންޑް އެލަރމް ސިސްޓަމްސް، ފަޔަރ ސްޓްރީމް، ފަޔަރ ހޯސް، އަދި ފަޔަރ ފައިޓަރ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހިމެނޭކަމަށް އެމްއެންޑީއެފްއިން ބުނިއެވެ
އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް ފަރުމާކޮށްފައި ވަނީ ސްޓްރަކްޗަރަލް އަލިފާޏް ކޮންޓްރޯލު ކުރުމާއި ނިއްވާލަމުގެ އިތުރުން ހާދިސާއެއް ހިންގާ ވަގުތުގައި ފުރަނާއާއި މުދަ ރައްކާތެރިކޮށް ސަލާމަތްކުރުމުގެ ގާބިލުކަން ހުންނަ ފަޔަރ ފައިޓިންގ ސްކޮޑެއް ތަމްރީނު ކުރުމަަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: