ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްވިޑަންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ހަލީލް ތަހުނިޔާ ފޮނުއްވައިފި

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ސްވީޑަންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ޙާރިޖީ ވަޒީރު، މާރިއާ މަލްމަރ ސްޓެނެގާޑްއަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރު ޙަލީލުގެ މެސެޖުގައި ސްވިޑެންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި ވަޒީރުގެ އަމިއްލަ ނަމުގައި، ސްވީޑެންގެ ހާރިޖީ ވަޒީރަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ވަނީ އަރިސްކުރައްވައިފައެވެ.

އަދި ހަމައެއާއިއެކު، ދެ ގައުމުގެ ދެމެދުގައި އޮތް އެެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމުގައި ވަޒީރު ހަލީލު ވަނީ ސިޓީފުޅުގައި ޔަގީންކުރައްވައިފައެވެ.

ދިވެހިރާއްޖެއާއި ސްވިޑެންގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ 1978 އަހަރުގައެވެ. އެގޮތުން، ދެ ގައުމުގެ ދެމުދުގައި ގާއިމުކުރެވިގެންދިޔަ ގުޅުމާއިއެކު މޫސުމަށް އަންނަ ބަދަލުތަކާއި، އެކަމަށް އަޅަންޖެހޭ ފިޔަވަޅާއި، ތައުލީމާއި، އިގްތިސާދީ އެއްބާރުލުން ސްވީޑެންއީން ދީފައިވެއެވެ.



 

‎

‎‏‎

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: