ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނަށް އައިއެލްއޯގެ އޮބްޒާވާރ ހައިސިއްޔަތު ލިބިއްޖެ!

ރާއްޖެއާއި ފަލަސްތީނުގެ ރައީސް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ލޭބާރ އޮގަނައިޒޭޝަންގައި ފަލަސްތީނަށް އޮބްޒާވާރ ސްޓެޓަސް ހާސިލުކޮށްދިނުމަށްޓަކައި ރާއްޖެއިން އެ ގައުމާއި އެއްކޮޅަށް ވޯޓު ދީފިއެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ލޭބާރ އޮގަނައިޒޭޝަންގެ ބައްދަލުވުމުގައި އެ ޖަމިއްޔާއިންވަނީ ފަލަސްތީނަށް އޮބްޒާވާރ ސްޓެޓަސް ދިނުމާއިމެދު ވޯޓެއް ނަގާފައެވެ. މި ވޯޓުގެ ނަތީޖާ ނިމިގެންދިޔައީ ފަލަސްތީނާއި އެއްކޮޅަށް ކަމަށްވާއިރު 386 ފަރާތަކުންވަނީ އެކަމަށް އިޖާބަ ދީފައެވެ. 15 ފަރާތަކުން ދެކޮޅު ހަދާފައިވާއިރު 42 ފަރާތަކުން ވަކި ގޮތަކަށް ވޯޓު ދީފައިނުވެއެވެ.

މިއީ ބައިނަލްއަގުވާމީ ލޭބާރ ކޮމިއުނިޓީގައި ފަލަސްތީނުގެ ދައުރު ފުޅާކުރުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން އެ ޖަމިއްޔާގެ މަސައްކަތްތަކުގެ ތެރޭގައި ބަސްބުނުމުގެ ބައެއް ހައްގުތައް ކަށަވަރުވެގެންދެއެވެ. ރާއްޖެއިންވަނީ ފަހުރުވެރިކަމާއިއެކު އެ ގައުމާއި އެއްކޮޅަށް ވޯޓުދީފައެވެ. ރާއްޖޭގެ މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން ޑރ އަލީ ހައިދަރު އަހުމަދުވަނީ ފަލަސްތީނުގެ ވަފުދާއި ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެއިން އެ ގައުމަށް އެއްބާރުލުން ދެމުންދާނެކަންވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: