ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން ޔޫކްރޭނަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް!

ޔޫކްރެއިންގެ ރައީސް އަދި ރަޝިއާގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއިން ޔޫކްރޭނަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ރަޝިއާއިން ޙަމަލާދީފައިވަނީ ޔޫކްރޭންގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ޚާރކީވްއަށެވެ. އެކަން އެ ސިޓީގެ މޭޔަރުވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މި ޙަމަލާގައި އެތައް ބަޔަކު ޒަޚަމްވެ ބައެއް މީހުން މަރުވެފައިވާއިރު، މަރުވި މީހުންގެ އަދަދުތައް އިތުރުވުން އެކަށީގެންވާކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

ޚާރކީވްގެ މޭޔަރު އައިހޯ ޓެރެކޯވްއާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެއްރޭމަތިން ރަޝިއާއިން ވަނީ 48 ޑްރޯންއާއި، ދެ މިސައިލްގެ އިތުރުން، 4 ބޮން އެ ސިޓީއަށް ފޮނުވާލާފައެވެ. އަދި އެކަމުގެ ސަބަބުން ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ޙަމަލާ ދިނުމުގެ ކުރިންވެސް ރަޝިއާއިން ވަނީ ޔޫކްރޭންގެ އެކި ސަރަޙައްދުތަކަށް 400 އެއްހާ ޑްރޯން އަދި 40 މިސައިލް ބޭނުންކޮށްގެން ޙަމަލާދީފައެވެ. އެގޮތުން އެ ޙަމަލާތައް ދީފައިވަނީ ހުކުރު ދުވަހުއެވެ.

ރަޝިއާއިން ބުނާ ގޮތުގައި މިއީ ދާދި ފަހުން ޔޫކްރޭނުން ރަޝިއާގެ ވެރިރަށް ކީވަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާއެކެވެ. އެގޮތުން ދާދި ފަހުން ޔޫކްރޭނުން ވަނީ ރަޝިއާގެ މުހިއްމު އެއާބޭސްތަކަކަށް އަމާޒުކޮށް ޑްރޯން ޙަމަލާތަކެއް ދީފައެވެ. އަދި އެއީ ޓެރަރިސްޓް ޙަމަލާތަކެއްކަމަށް ރަޝިއާއިން ވަނީ ސިފަކޮށްފައެވެ.

އެ ޙަމަލާތަކުގެ ބަދަލު ހިފާނެކަމަށްވެސް ރަޝިއާއިން އޮތީ ބުނެފައެވެ. .

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: