ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަވަންތަކަން ދެމެހެއްޓުމަށް މިނިސްޓަރ ނަސީރު އިލްތިމާސްކުރައްވައިފި

ަގައުމީ ތަރިކައިގެ ކޮލެޖުގެ މަސައްކަތް ފެށިއްޖެ: ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރާ މަސައްކަތްތަކުގައި ދިވެހިންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އިލްތިމާސްކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ނަސީރު ވިދާޅުވީ، ރާއްޖޭގައި ތަރިކައިގެ ދާއިރާގެ މަސައްކަތްތައް ކުރިއެރުވިއްޖެ ހާލަތުގައި އެކި ތަންތަން ބިނާކުރާއިރުވެސް ދިވެހިންގެ ސިފަތަކުން އެތަންތަން ޒީނަތްތެރިކުރާ މަންޒަރު ފެނިގެންދާނެކަމަށެވެ. މިގޮތުން ރާއްޖޭގައި އަޅާ ގެސްޓްހައުސްތަކާއި ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގެ އިތުރުން މަގުތައް ހެދުން ފަދަ މަސައްކަތްތައް ކުރާއިރުވެސް އެ ދާއިރާގެ މަސައްކަތްތައް ފެނިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ތަރިކައިގެ ތެރެއިން ދިވެހިންނަށް ލިބިފައިވާ އެންމެ މުހިންމު އެކައްޗަކީ ބަސްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހިންގެ މިނިވަންކަމަށް މަސައްކަތްކުރާނީ ދިވެހިންކަމަށޭވެ. އަދި ދިވެހިންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ކޮންމެ މީހަކުވެސް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާކަމަށް ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، މި އަހަރުގެ ތެރޭގައި އިންޓަރެކްޓިވް މިއުޒިއަމްއެއް ބިނާކުރުމުގެ މަސައްކަތްތަކުގެ އަމަލީ މަރުހަލާ ފެށިގެންދާނެކަމަށެވެ. މިގޮތުން މިހާރު އެކަމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ނިންމާފައިވާކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: