ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

’ޖޮބް ރެޑިނަސް‘ ޕްރޮގްރާމް، ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކަންކަން އިތުރަށް ވަރުގަދަކޮށްފިން: މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

’ޖޮބް ރެޑިނަސް‘ ޕްރޮގްރާމް، ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް، ’ޖޮބް ރެޑިނަސް‘ ޕްރޮގްރާމްއަކީ ކެއަރ ސޮސައިޓީއާއި އެ ވުޒާރާއާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ބާރުވެރިކުރުމަށް މި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިން ނެގުމުގައި އިސްކަންދެވެނީ ޙާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާއަށް އެދޭ މީހުންގެ ދަފްތަރުން އެސެސްމަންޓްހަދައި މިފަދަ ޕްރޮގްރާމްއަކަށް ބޭނުންވާކަމަށް ފާހަގަކުރެވޭ މީހުންނަށްކަމަށް ވުޒާރާއިން ބުންޏެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާގެ ފުރުސަތަކަށް އެދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވެން އަންނަނީ މިފަދަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހުގައިކަމުން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މުހިންމުކަން ފެނިގެންދާކަމަށްވެސް ބުންޏެވެ.

މިގޮތުން ޖޮބް ރޭޑިނަސް ޕްރޮގްރާމްގެ ފުރަތަމަ ބެޗު، 10 ޖޫން 2024 ގައި ފަށައި 26 އޯގަސްޓު 2024 ގައި ވަނީ ކާމިޔާބުކަމާއި އެކު ނިންމާލާފައިކަމަށާއި، މި ޕްރޮގްރާމް ފުރިހަމަކޮށް 12 ފަރާތެއް ވަނީ މަސައްކަތުގެ މާހައުލަށް ތަމްރީނުވެފައިކަމަށް ވުޒާރާއިން ބުންޏެވެ. އަދި މި ބައިވެރިންގެ ތެރެއިން ހަތް ފަރާތެއް މަސައްކަތުގެ މައިދާނުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ވުޒާރާއިން ބުނީ ޖޮބް ރެޑިނަސް ޕްރޮގްރާމް ފުރަތަމަ ބެޗުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މިފަދަ ޕްރޮގްރާމެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާކަންކަމަށެވެ. އެހެންކަމުން ’ޖޮބް ރެޑިނެސް ޕްރޮގްރާމް ބެޗް 2’، 04 މެއި 2025 ގައި 10 ބައިވެރިންނާއި އެކު ފެށިގެން ދިޔައީ ފުރަތަމަ ބެޗުގެ ޕްރޮގްރާމްގެ ތަޖުރިބާއިން، އަންނަނިވި ކަންކަން ހިމަނާ ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށްގެންނެވެ.

ފުރަތަމަ ބެޗު ހިންގިފައިވަނީ ބައިވެރިން އެކީގައި އެއް ގުރޫޕެއްގޮތުގައި ކަމަށްވެފައި، ގިނަ ބައިވެރިންނަކީ އެފަރާތްތަކަށް އިންޑިވިޖުއަލް އެޓެންޝަން ބޭނުންވާ ފަރާތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ދެވަނަ ބެޗު ފެށިގެން ކުރިއަށް ގެންދަނީ ’ ލައިފް ސްކިލް‘ އަދި ’ޖޮބް ސްކިލްސް‘ ބޭނުންވާނެ ފަރާތްތައް ފާހަގަކޮށް ދެ ބަޔަށް ވަކިން ތަމްރީނު ފޯރުކޮށްދެވޭ ގޮތަށް އިންތިޒާމުކުރެވިގެންނެވެ.

މި ޕްރޮގްރާމްގައި ދަސްކޮށްދެވޭ ގިނަ ހުނަރުތަކަކީ އެ ހުނަރުތައް ބޭނުންކުރާ އަސްލު މާހައުލުގައި އެކަން ތަޖުރިބާ ކުރަންޖެހޭ ކަންކަމަށްވުމުން ދެވަނަ ބެޗުގެ ބައިވެރިންނަށް މަސައްކަތުގެ މާހައުލު ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ”އޮން ދަ ޖޮބް ޓްރެއިނިންގ“ ގެ ބައެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވުޒާރާގެ ފަރާތުން މައުލޫމާތުދެއްވިއެވެ.

ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ބެލެނިވެރިން މި ޕްރޮގްރާމްގައި ބޮޑަށް ޝާމިލުކުރުމުގެ ގޮތުން ބައިވެރިންނަށް ޕްރޮގްރާމުން ދަސްވާ ހުނަރުތައް ގޭތެރޭގައި އަދި ބޭރުތެރޭގައި ބޭނުންކުރުމަށް އަހުލުވެރިކުރުމަށް ބެލެނިވެރިންނަށް ސެޝަންތައް ކުރިއަށްގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: